MTCC
Ooredoo

އާދަޔާޚިލާފަށް ކާށިދޫއަށް ގިނަ އަދަދެއްގެ ފުޅަނގި އަރައިފި

ކާށިދޫ ފުށްޓަރު ފަރާތަށް އަރާފައިވާ ފުޅަނގިތައް ހޮވުމުގައި އާންމުން --

އާދަޔާޚިލާފަށް ގިނަ އަދަދެއްގެ ފުޅަނގި މިއަދު ހެނދުނު ކ. ކާށިދޫ ގޮނޑުދޮށަށް އަރައިފިއެވެ.

Ooredoo

"ސަން"އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ކިޔައިދިން ގޮތުގައި ފުޅަނގި އަރަން ފެށީ މިއަދު ހެނދުނުގެ ވަގުތުގައި އެ ރަށުގެ ފުށްޓަރު ފަރާތުންނެވެ.

އެކަން އެންމެ ފުރަތަމަ އެނގުނީ މަސްބާނަން ތިބި ދެ މީހަކު އެކަން ރަށު މީހުންގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް އޭނާ ބުންޏެވެ. އެއާއެކު އެކި އުމުރުގެ މީހުން ވަނީ އެ ތަނަށް ފުޅަނގި ހޮވުމަށް އެއްވެފައެވެ.

ކާށިދޫ ފުށްޓަރު ފަރާތަށް އަރާފައިވާ ފުޅަނގިތައް --

ބައެއް މީހުން ގޯންޏާއި، ތެޔޮ ހުސްކުރި ހަމުގެ އިތުރުން ބޮޑެތި ކޮތަޅު ފުރެންދެން ފުޅަނގި ހޮވައިފައިވެއެވެ.

މީގެ ކުރިން ވެސް ހުޅަނގު މޫސުމާ ދިމާކޮށް އެ ރަށަށް ފުޅަނގި އަރާކަމަށް އެ މީހާ ކިޔައިދިނެވެ. ނަމަވެސް, މިއަދު އެ ރަށަށް ފުޅަނގި އަރާފައިވަނީ މީގެ ކުރިން ނާރާ ވަރަކަށް ކަމަށް އޭނާ ބުންޏެވެ.

ކާށިދޫ ފުށްޓަރު ފަރާތުގައި ފުޅަނގި ހޮވަނީ --

އެ މީހާ ކިޔައިދިން ގޮތުގައި އެ ރަށަށް ފުޅަނގި މަދުމަދުން އަރާތާ މިހާރު ދެ ހަފުތާ ވަރު ވެދާނެއެވެ. ނަމަވެސް, މިއަދު ހެނދުނު އަރާފައިވަނީ އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ކަމަށް ބުންޏެވެ.

މިއަދަކީ ހުކުރު ދުވަހަށްވެފައި ގިނަ އަދަދެއްގެ މީހުން އެ ތަނުން ފުޅަނގި ހޮވުމަށް ގޮސްފައިވެއެވެ.

އާންމުގޮތެއްގައި ގަރުދިޔަ ކައްކައިގެންނާއި، ތެލުލައިގެން ފުޅަނގި ކައި އުޅެއެވެ.

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment އަހުމަދު

3 month 5 day ago

މިއީ ުޅަނގު މޫސުންތަ.. މިހާރު ކުރިއަށް މިދަނީ ހުލަނގު މޫސުންނިމި އިރުވައި މޫސުން... ޢާއްމުކޮށް ރަށްރަށަށް ފުޅަނގި އަރަނީ އިރުވައިގައި ހަޅަ ޖަހާއިރު...

comment ޔޫސުފު

3 month 6 day ago

އެއީ އާދަޔާ ޚިލާފެއް ނޫން. ތަންކޮޅެއް ކުރިން ހަމަ އެގޮތަށް އަރާ.