Dhiraagu
Ooredoo

ފައިސަލަކީ އިޚުލާސްތެރިއެއް، ނަތީޖާ ދެއްކި: އަބްދުއްރަހީމް

އަބްދުއްރަހީމާއި ދަރިކަލުން ފައިސަލް: ފައިސަލް މަގާމުން ވަކިކުރެއްވުމުން ވިދާޅުވީ ފައިސަލަކީ އިޚުލާސްތެރިއެއް ކަމަށާއި ނަތީޖާ ދެއްކި ކަމަށް -- ފޮޓޯ/ ސޯޝަލް މީޑިއާ، ފައިސަލް

ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުން މިއަދު ވަކިކުރެއްވި، އިބްރާހީމް ފައިސަލް މަސައްކަތްކުރެއްވީ އިޚުލާސްތެރިކަމާއެކު ކަމަށާއި، ނަތީޖާވެސް ނެރެދެއްވި ކަމަށް ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ooredoo

މިއަދު ހެނދުނު ރައީސް އޮފީހުން ވަނީ ފައިސަލް މިނިސްޓަރުކަމުން ވަކިކުރިކަން ހާމަކޮށްފައެވެ. އޭގެ އިތުރަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އިތުރަށް އެ އޮފީހުން ބުނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ކަންކަން ވަގުތީ ގޮތުން ބަލަހައްޓަވާނީ އިގުތިޞާދީ ކަންކަމާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ކަމަށެވެ.

ފައިސަލް މަގާމުން ވަކިކުރެއްވުމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ ދަރިފުޅު، ފައިސަލަށްޓަކައި އެމަނިކުފާނާ އެމަނިކުފާނުގެ އާއިލާ ފަޚުރުވެރިވެލައްވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުންނަވައި ފައިސަލް ޚިދުމަތް ކުރެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނަތީޖާ ވެސް ނެރެދެއްވި ކަމަށާއި ދާއިރާގެ އިތުބާރާއި ލޯބި ފައިސަލް ހޯއްދަވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އެ ޕޯސްޓުގައި އަބްދުއްރަހީމް ލިޔުއްވާފައިވެއެވެ.

https://sun.mv/201913

ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމުން އަބްދުއްރަހީމް 'ދައުރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަރަށް ސާފުކޮށް ގުޅުން ގޯސްކަމަށް އެއްބަސްވެލެއްވިއެވެ. އަދި ގުޅުން ރަނގަޅު ނަމަ މިހެން ކަން ދިމާނުވީސް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސިޔާސީ ގޮތުން ދިގު، ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ އަބްދުއްރަޙީމް ވިދާޅުވީ ވީގޮތެއް އެމަނިކުފާނަށް ވެސް ނޭނގޭ ކަމަށެވެ. އޮފީހަށް ވަޑައިގެން ތަނުން މަގާމުން ވަކިކޮށްފިއޭ ވިދާޅުވީ ފައިސަލް ގުޅުއްވާފައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެ މަނިކުފާނު އޭރު ހުންނެވީ މެލޭޝިއާގައެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން "ސަން"އާ ވާހަކަަދައްކަވަމުން ފައިސަލް ވިދާޅުވީ އޭނާއަށް މަގާމުން ވަކިކުރިކަމުގެ ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ. ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް މަގާމުން ވަކިކުރީ ކީއްވެކަން ބުނެދީފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

https://sun.mv/201920

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުން ދެން ކުރިއަށްދާނެ ވަކި ގޮތެއް ނިންމަވާނީ ބައްޕާފުޅު އަބްދުއްރަހީމާ ވެސް މަަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

އަބްދުއްރަޙީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންއިރު އެންމެ އަރިސް ބޭފުޅާއެވެ. ފުރަތަމަ ހުންނެވީ ރައީސްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. ޗީފް މިނިސްޓަރުގެ މަގާމުގައެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އެމަނިކުފާނަށް ދެއްވީ ޚުދު ރައީސް ބޭނުންފުޅުވެގެންނެވެ.

ނަމަވެސް މިހާރު އަޑުފެތުރެމުން ދަނީ އަބްދުއްރަހީމް ވެސް މަގާމުން ވަކިކުރައްވަން އުޅުއްވާ ކަމަށެވެ.

ރައީސާއި އަބްދުއްރަޙީމްގެ ގުޅުން ފެށެނީ ޕީއެންސީ ސެނެޓުގައި ބޭއްވި ޕްރައިމަރީއާ ހަމައިންނެވެ. އެ ޕްރައިމަރީ ކާމިޔާބުކޮށް، އޭރު މާލޭ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަކީ ސިޔާސީ ހަޔާތުގެ އެންމެ ކާމިޔާބު، އެންމެ ބުރަ، މަސައްކަތުގެ ގޮތުގައި އަބްދުއްރަޙީމް އޭރު ވެސް ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް

comment އަލްޖިބްރާ

5 month 3 week ago

ތިމާގެ ދަރި ތިމާއަށް " ދޮންފުތު " ވާނެ ! ތިއޮތީ އެހެންވެފަ !

comment ދިލުސާ

5 month 3 week ago

ބައްޕާ ފުޅައްވަގައް ގޯސްކަންތައްތައްކުރޭ އެމަލުމިހާރުވެސްކުރޭ އެހެންވެވަކިކޮއްލީ

comment ޖޭޒު

5 month 3 week ago

އަދުރޭގެ ޕަވަރެއް ހުރިއްޔާ މިކައްޒާބުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގާބަލަ

comment ލލ

5 month 3 week ago

ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

comment ފާއިޒުބެ

5 month 3 week ago

ހޫމް! ނަތީޖާ ދެއްކި. ހެޔޮކޮށެއްނޫން. ގޯސްކޮށް. ފަތުރުވެރިކަން ކުރިޔަކަށް ނުކަނޑާ. ފަތުރުވެރިކަމަށް ގެއްލުންވާނެ އެތައް ނިންމުމެއް ރައީސް ނިންމިއިރު ވަޒީރު ނުބުނެ ހަމަ އަނގައިންވެސް. އެހެންނުވާނީ! ނޭންގޭވިއްޔަ ވާނުވާއެއް. ލަސް އަދިވެސް ވަކިކުރަން.

comment ވިސްނާމީހާ

5 month 3 week ago

އަދުރޭ ޕާޓީއަށް ހެޔޮއެދިގެން ކަންކަން ކުރީމަ އަދުރޭއަށް ޖެހޭތަ ސިޔާސީ 15 ޕަސެންޓް ސްލޮޓް ދެން އިޚްލާސްތެރިކަމާއެކު މސައްކަތްކޮށް ވޯޓް ހޯދިމީހުން ބޭރުކޮށް އަދުރޭބުނެގެން އެމްޑީޕީގެ ބައިގަނޑުގެ ގިނަބަޔަކަށް ސިޔާސީ ސްލޮޓް ދިނީމަ ވާގޮތްތިވަނީ އަދި މަޖްލިސްގެ ރައިސްކަންވެސް ނާޒިމަށް ލިބޭނެ ވަރަށް އަވަހަށް މީއެންމެ ފައިދާ ހުރި ރަނގަޅުގޮތެއްނު އަދުރޭ ބުނަނީ ކީކޭތޯ

reply ސަހާނާ

5 month 3 week ago

ނާޒިމުގެ މާޒީއަށް ބަލާއިރު، އޭނާއަކީ ވަކި ރަނގަޅު މީހެއް ނޫން.

comment ރަން

5 month 3 week ago

މަރްޚަބާ ރައީސް. ތިއީ ވަރަށް ރަނގަޅު ނިންމުމެއް.