Dhiraagu
Dhiraagu

ޔޫކްރެއިން ހަނގުރާމައިގެ މަޝްވަރާތައް ފެށިއްޖެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/އީޕީއޭ

ޔޫކްރެއިން ހަނގުރާމައިގެ މަޝްވަރާތައް މިހާރު ފެށިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ADK GENERAl

ޓްރަމްޕް އެގޮތަށް ވިދާޅުވީ ވެރިކަމަށް އަލުން ވަޑައިގެން ފަހުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދައްކަވައިފިކަން ހާމަކުރައްވަމުންނެވެ.

ބުދަ ދުވަހު ޕޫޓިންއާއެކު ދިގު އަދި ވަރަށް އުފެއްދުންތެރި ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނާއި ޕުޓިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއާގައި އެ ދެބޭފުޅުން ބައްދަލުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެކުގައި މަސައްކަތް ކުރަންވީ ވަގުތު އައިސްފައިވާ ކަމަށާއި ޓްރަމްޕްގެ ޚިޔާލަށް ޕުޓިން ތާއީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕު ވަނީ މިކަމުގައި ޔުކްރެއިންއާ އެއްވެސް މަޝްވަރާއެއް އެމެރިކާއިން ނުކުރާ ކަމަށް ބުނާ ވާހަކަ ދޮގު ވެސް ކުރައްވާފައެވެ.

ޔޫކްރެއިންގެ ރައީސް ލަމީޑިއާ ޒެލެންސްކީ ވަނީ ޔޫކްރޭންއާ ނުލައި ޔޫކްރޭނާ ބެހޭ ގޮތުން މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕާއި ޕުޓިން ފޯނުން މަޝްވަރާކުރައްވާފައި ވަނީ ޔުކްރެއިން ބައިވެރިވުމެއް ނެތިއެވެ.

ޓްރަމްޕު ކުރިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގަތުމުގެ 24 ގަޑިއިރު ކުރިން ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް

comment ޢަލީ.

3 month 2 week ago

ޔޫކުރޭނަށް މަރުގެ ހުކުމް އިއްވައިފި. ޔޫކުރޭނަށް އޮތީ އަމާންދިނުން ނޫނީ މަރު. މިއީ ޓުރަމްޕާއި ޕުޓިން ނިއްމިގޮތް.

comment ނުރަބޯ

3 month 3 week ago

ޓްރަމްޕަކީ ބުނާބަހުގެ އިތުބާރު ހިފޭ މީހެއްނޫން. އޭނާ ވެރިކަމަށް އިސްވެފައި ޣައްޒާއާއިމެދު ކީކޭތޯބުނީ؟ އެއީ އެމެރިކާ އާއި ބެހޭ ހަނގުރާމައެއް ނޫންކަމަށް ނޫންތޯ…؟ މިއަދު އެބުނި ބަސް އެކޮޅުކޮޅުން ޖަހާފަ އެ ދުވަނީ ޔަހޫދީންނަށް ޣައްޒާ ހޯދައިދޭން ނޫންތޯ……؟