Dhiraagu
Ooredoo

ބައެއް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ނިންމައި، ޓެސްޓު ކުރަން ފަށައިފި

ހިޔާ ފުލެޓުތައް: ބައެއް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ނިންމައި، ޓެސްޓު ކުރަން ފަށައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި، މިއަދު ޓެސްޓު ކުރަން ފަށައިފިއެވެ.

ADK GENERAl

އެކަމާ ގުޅިގެން ސުވާލުކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މީޑިއާ އޮފިޝަލް ވިދާޅުވީ، ލިފްޓު ޓެސްޓު ކުރަން ފެށީ ޓަވަރު އެކަކާއި ދޭއްގެ އިތުރަށް ތިނެއްގައި ކަމަށެވެ.

މި ޓަވަރުތަކުގެ އިތުރަށް ދެން ހުރި ޓަވަރުތަކުގައި ވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތްތައް ތާވާލާ އެއްގޮތަށް ނިމޭނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 18ގައެވެ. އެގޮތުން، އެމަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ބުނީ، 15 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ގޮތުން، މި ލިފްޓުތަކުގައި ބަލި މީހުންގެ ސްޓްރެޗާ އެރުވޭނެ ޖާގަ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނައިރު. އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭނެ ލިފްޓުތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

Redstar
comment ކޮމެންޓް

comment މައްކޭ

3 week 3 day ago

ކިތެއް ޓަވަރުގައި ތިބުނާ ލިފްޓް ހަރުކޮއްފައި ނިމުނީ.

comment މުރުސިދު

3 week 3 day ago

ތިބުނާ އެއްޗެއް ހަރުކޮށް ޓެސްޓްކުރަނީ އެންމެ ޓަވަރެއްގަ. ގިނަ ޓަވަރުތަކުގައި ލިފްޓް ބަހައްޓަން ފްލޯރ ކެޑިގޮތަށް ހުރީ. ނޫސްވެރިންގެ ކެމެރާ ކޮށްލަބަލަ މުޅި ހިޔާޓަރަވަރުގެ ވަށައިގެން އެއޮތީ ލިފްޓްގެ ސްޓްރަކްޗަރގެ ދަގަޑުތައް އޮއްސާލާފަ.

comment ދޮގު ސަރުކާރު

3 week 3 day ago

އަމިއްލައަށް ނުކޮށް ދޫކޮށްލި ކަމެއް ހަމަ އަމިއްލަ އެދުމަށްޓަކައި ވައުދަކަށް ހަދައިގެން އަމިއްލަ މަންފާއަށް ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގެ ރީތި މިސާލެއް