ޓްރީ ޓޮޕް ހޮސްޕިޓަލުގައި މެކްސިލޯފޭޝަލް ސާޖަންއެއް ފަރުވާ ދެނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަ ހަފުތާގައި މެކްސިލޯފޭޝަލް ސާޖަރީގެ ތަޖުރިބާކާރު ޑޮކްޓަރަކު ފަރުވާ ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕްއިން ބުނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. ސަލްމާން ބާޝާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ފަރުވާން ދޭން ފަށާނެ ކަމަށެވެ.

އޭނާއަކީ ވިޒިޓިން ޑޮކްޓަރެއް ކަމުން، އޭނާ ބައްލަވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.

އެއީ ދިވެހި ރައްޔިތުންނަށް، ބޭރަށް ދަތުރުކުރުމަކާ ނުލައި، މޫނާއި، ދަތްދޮޅިއާއި އަނގައިގެ ބޮޑެތި ސާޖަރީތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަރުވާ ލިބިގަތުމުގެ ފުރުސައް ކަމުގައި ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި ޑރ. ބާޝާގެ ޚާއްޞަ ފަރުވާތަކުގެ ތެރޭގައި ތަފާތު މެކްސިލޯފޭޝިއަލް ހާލަތްތައް ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ އަދި އޮޕަރޭޝަން ނުވަތަ ޕްރޮސީޖަރު ކުރުން ހިމެނޭކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހަމައެއާއެކު ޓްރީ ޓޮޕުން ބުނީ ޚާއްޞަކޮށް ދަތްދޮޅި އެއްވަރު ކުރުމުގެ ސާޖަރީތަކާއި، އޯތޮގްނާތިކް ނުވަތަ ދަތްދޮޅީގެ މައްސަލަތަކަށް އެންމެ އެކަށީގެންވާ ސާޖިކަލް ފަރުވާ ފޯރުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން މޫނުގެ ޓްރޯމާ އަދި ރީކޮންސްޓްރަކްޝަންގެ ފަރުވާ، އެއީ، މޫނުގެ ކަށިތަކުގެ ޒަޚަމްތަކާއި އެކްސިޑެންޓްތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާ އަދި ގެއްލުންތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީ ޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351630 ނަންބަރަށް ގުޅުމުންނާއި މެއިލް [email protected] ކުރުމުން ލިބޭނެއެވެ.

comment ކޮމެންޓް