ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށާއި، އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު މުލީއާގޭގައި ވަނީ މަޖިލިސް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރައްވާކަމަށް އެ ބައްދަލުވުމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެކީ ބާއްވަން ހުށަހަޅުއްވާނެކަމަށް މިިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު ރައީސް ވިދާޅުވިއެވެ.
އެ ދުވަހު ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެ ގޮތަށް ނިންމައިފި ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ހަމައެއާއެކު އިއްޔެ މުލިއާގޭގައި އޮތް ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ވެސް ވާހަކަދައްކަވައިފައެވެ.
ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ޚިޔާލުފުޅެވެ.
އެއާއެކު އިދިކޮޅުގެ އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވިއެވެ.
އޭގެ ދުވަސްތަތަކަށްފަހު މި އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއިރު ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.
އެހެންކަމުން އެ ކަންކަމަށް އަލިއަޅުވައިލައި، މި ނިޒާމު އިސްލާހު ކުރެވިދާނެ ގޮތެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް މަސައްކަތްކުރާ ގޮތަށް ކަނޑައެޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
comment ޕީސީ
3 month 3 week ago
ދެވަނަ ބުރުއުވައުލިލާފަ ކަރޯކޭވެސް ޖައްސާނަން.
comment ރިފް
3 month 3 week ago
އެއްބުރުން ގައުމު ޑީފޯލްޓުވާން މިދަނީ.
comment ނުރަބޯ
3 month 4 week ago
އަތޮޅު ކައުންސިލްތައް އުވާލުން ރަނގަޅު. އަދި ރައްޔިތުންގެ މަޖްލިހުގެ ސައިޒު ކުޑަކޮށް، އެއަށްވުރެ ބޮޑުވެގެން ނުދާނެހެން ފިކްސް ކުރުން މާމުހިއްމު.
comment ލލ
3 month 4 week ago
ރާއްޖެ ކަހަލަ ކުޑަ ޤައުމެއް ހިންގަން އެންމެ ރަގަޅު ޤާނޫނުއަސާސީ އަކީ ދިވެހިންގެ ނޫ ޤާނޫނުއަސާސީ އެޔަށް ދައުލަތް ރުޖޫޢަކުރަންވީ، އޭރުން ޤައުމު ހިންގަން ފަސޭހަވާނެ ލުއިވާނެ ހަރަދު ކުޑަވާނެ !
comment ޖލސ ސިޔާމު
3 month 4 week ago
ކައުންސިލް ތައް ހަމަ އުވާފަ މަދު ކުރަން ވީ. އެގޮތަށް މަޖިލީހަށް ހީވާ މީހުން ވެސް ބޭކާރު ބޯތަކެއް.
comment ޝަފް
3 month 4 week ago
ރިޔާސީ އިންތިޚާބުވެސް އެއްކޮއް އުވާލިޔަސް ހެޔޮ. މިހާރު މިތާގަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް. ގައުމު ޑީފޯލްޓުވާން ސުންގަޑި ގުނަމުން ދަނީ. ޑީފޯލްޓުވީމަ އެންމެހާ ރައްޔިތުން މަގުތަކަށް ނިކުމެއް މިސަރުކާރު ވައްޓާލައި އެއްބުރުން ސަރުކާރެއް ހޮވާނެއެވެ. ވީމާ ބާކީ އޮތް މަދު ދުވަސްކޮޅު ގާނޫނު އަސާސީ އެކި ގޮތްގޮތަށް އަނބުރައި އޭގެ ސަފުހާތަކުން ކަރުދާސް ރޮކެޓުހަދައި އެ އޮޅާގެން އޭގެން ސުއްޓާ އަދި ބިޑިވެސް ކަލޭމެންނަށް ވީވަރަކުން އަނބުރާށެވެ. ކިތަންމެ އެނބުރުމެއް އެނބުރިޔަސް ދެން އޮތީ ރައްޔިތުން ޖަޖްމަންޓަށް ނިކުންނަ ދުވަހެވެ.
reply ނަންރީތި ހުސޭނު
3 month 3 week ago
ތީ މިއަދު ކުއްލިއަކައް އައިވިސް ނުމެއްނޫން، ކިތަންމެ ތެޅުނަސް ހުޅުބުދިޔަޔަސް ﷲގެ ރަހްމަތުން މި 5 އަހަރުގެ ދައުރު ފުރިހަމަކުރާނަން. 2028 އަދި އެއީ ފަސް، އެކަމާ ފަހުން އުޅޭނަން. ރައްޔިތުންތެރޭ ތިބީ ހަމައެކަނީ ކަލޭމެނެއް ނޫން.
comment އަސްލުބަރާބަރު
3 month 4 week ago
އަތޮޅު ކައުންސިލާ އަތޮޅު ވެރި ރަށަކީ ޔުނިޓަރީ ސިފައެއް ނޫން. އެއީ ފެޑެރަލް ސިފައެއް. ކުރީގައި މުވާސަލާތާ ދަތުރު ފަތުރުގެ އުނދަގޫކަމާ ހުރެ އެކަން ކުރިޔަސް މިހާރު އެއީ ހަރަދު ބޮޑު ބޭކާރު ގޮތެއް.. ކުރާކަމެއް ވެސް ހަރާން މުބާރާތް ބޭއްވުމާ ތަޖުރިބާ ދަތުރުގެ ނަމުގަ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ނޫންކަމެއް ނުކުރޭ..