ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ), އާއި ފުލުހުން މިއަދު, އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީއަށް ވަދެއްޖެއެވެ.
ވެލާނާގޭގައި ހިންގާ, އެގްރިކަލްޗާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރުން ފެށިގެން, އެ އޮފީހުގައި އޭސީސީ އާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ދެ މުއައްސަސާއިން އެ އޮފީހަށް ވަދެފައިވަނީ 2018 އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރު ތަފުސީލެއް ނުދެއްވައެވެ.
މައްސަލައެއް ބަލަމުން އަންނަ ކަމުގެ އިތުރުން އެހެން މައުލޫމާތެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެއެވެ.
އެގްރިކަލްޗާ މިނިސްޓްރީއަކީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ތެރެއިން ހިންގަމުން އައި ތަނެކެވެ. ފިޝަރީޒް އާއި އެގްރިކަލްޗާ ވަކި ކުރީ މި ސަރުކާރުގައެވެ.