"ވަގުތަކީ އެންމެ އަގުބޮޑު އެއް ހަދިޔާއެވެ. އަހަރެމެންނަށް ގަޑީގެ ކަށި ފަހަތަކަށް ނުގެންދެވޭނެއެވެ. ވީމަ ކޮންމެ ވަގުތުކޮޅެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ."
***
" ވަޓް ޑަޒް އިވޯން ވޯންޓް...ވަޓް އިޒް ޝީ އާފްޓާ؟" މަދީނާގެ ސުވާލުތަކަކަށް ނިމުމެއް ނެތެވެ.
" މީ..." އުވެއިސް ބުނެލިއެވެ. މަދީނާ ހިތް ގެނބުނެވެ. އެހެން ބުނުމަށް ފަހު އުވެއިސް ލޯ މަތިން ގެއްލުނެވެ. މަދީނާ ކުޑަ ދޮރުކައިރިއަށް ގޮސް ބޭރު ބަލަން ހުރިއިރު ލޮލުން ފެނުނީ މޮޅިވެރިކަމެވެ. ހިތުގައި އުފެދުނު ސުވާލުތަކާއެކު ހައިރާންވެފައި ހުއްޓެވެ. މިރެލްގެ ރައްކާތެރިކަމަށްޓަކައި އުވައިސް އޭނާއާ ދުރުވެގަތީހެއްޔެވެ؟
***
ފަތިހުގެ އަލިކަން ފެށިގެން އައި ވަގުތެވެ. އުދަރެހުގައި ރަތްވިލާގެ ކުލަތައް ފެތުރެމުންދިޔައީ ހިތްތައް އާޝޯޚުވާހާ ފުރިހަމައަށެވެ. ގެއިން ބޭރުގައި ދިރުން އިތުރުވަމުން އައިއިރު، ގޭތެރެ އަދިވެސް އޮތީ ހަމަހިމޭން ނިންޖެއްގައެވެ.
މެހެކް ހުރީ ކުޑަދޮރު ކައިރީގައެވެ. އޭނާގެ ނިތްކުރި ފިނި ބިއްލޫރީގައި ޖައްސާލައިގެންނެވެ. ބޭރަށް ބަލަހައްޓައިގެން ހުރި ނަމަވެސް، އޭނާގެ ހިތުގައި އުފެދިފައިވާ ޚިޔާލުތަކުގެ ސަބަބުން ބޭރުގެ މަންޒަރަކާއިމެދު ވިސްނައެއް ނުލެވެއެވެ.
ރޭގެ ހާދިސާއިން އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވިއެވެ. ކުރިން ހަނދާން ނައްތާލަން މަސައްކަތްކޮށްފައިވާ ހިތި ތަޖުރިބާތައް އަލުން ސިކުނޑީގައި ކުޅެވެމުން ދިޔައެވެ.
އޭނަ އެނބުރި ކުޑަ އެނދާއި ދިމާލަށް ބަލައިލީ މޮޅިވެރިކަމާއެކު ގައެވެ. މިރެލް ނިދާފައި އޮތީކަމެއް ނުވަތަ ނިދާފައި އޮތް ކަމަށް ހެދިގެން އޮތީކަމެއް ނޭގެއެވެ. އެކުއްޖާގެ މަޑުމަޑު ނޭވާލުން ފިޔަވާ އިތުރު ހަރަކާތެއްނެތެވެ. އޭނައަށް ބަނޑުގައި އަތް އަޅާލެވުނެވެ. އަމިއްލަ ދަރިއެއް ލިބުމުގެ އުފާ އިހސުާސްކުރަން ބޭނުންވިއެވެ. ޑޮކްޓަރަށް ދައްކާލައި ޗެކް ކޮށްލުމަށްވެސް ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ބައިގެން ހިނގައިދާނެއެވެ. ނޫނީ މިއީ އޭނާ އަށް ހީވާ ހީވުމެކެވެ.
އޭނާގެ ފަހަތުން ލުއި ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އެއާއެކު ފިނި ދެއަތްތިލަ އޭނަގެ މޫނުގައި ޖައްސައިލިއެވެ. އޭނަ ލޯ ފޮހެލަމުން ހިނިތުންވެލިއެވެ.
" ފަތިސް ނަމާދު ކުރީތަ؟ ކީއްވެ ނުގޮވީ؟މިރޭ ހޭނުލެވުނީ، ވަރަށް ނިދި ގަދަވެފައި... ރޭގަ އެކަމު މެހެކް ފޯނުން ވާހަކަ ދެއްކި އަޑުއިވުނު...އެކަމު ވަރަށް ނިދީގައި އޮތީމަ އަހާނުލެވުނީ...ކިހިނެއވީ އޯލް ގުޑް؟" މެހެކް ގެ ނިތުގައި އަތްޖައްސައިލަމުން ހުން އައިސް ހުރީ ތޯ ވެސް ބަލާލިއެވެ.
" ހްމްމް...އެއީ އުރޫޖް...މިރެލް އޯކޭ ތޯ ބަލާލީ...ނުނިދިގެން ކަންނޭނގެ..." މެހެކް ކަނބޮޑުނުވާން މަސައްކަތް ކުރިނަމަވެސް އޭނާގެ އަޑުގައި ހުރި އަސަރުތަކާއި ހަތަރުކަޅި ހަމަނުކޮށް ދުރަށް ބަލާވަރުން އިތުރު ކަމެއް ވީކަމުގެ އިހުސާސް ކުރިއެވެ.
" ކިހިނެއްވީ އަނެއްކާ...މިރެލް އަށް ކަމެއްވީތަ؟އިޒް ޝީ އޯކޭ؟" ޚުޝަލް މިރެލް ނިދާފައި އޮތް އެނދަށް ނަޒަރު ހިންގާލިއެވެ. އެކުއްޖާ އޮތީ އަރާމު ފޮނި ނިންޖެއްގައެވެ. މެހެކް އަވަހަށް ކްލޯޒެޓު ހުޅުވާލާފައި ޚުޝަލް އަށް ހެދުމެއް ދިއްކޮށްލިއެވެ. އިތުރު ވާހަކަ އެއް ދައްކަން މަޑުކުޮށްފިނަމަ އޭނާ އަށް ހުރިހާ ވާހަކައެއް ކިޔައިދެވިދާނެއެވެ.
ޚުޝަލް ފަތިސް ނަމާދުކޮށްލައިގެން އައިތަނާ މޭޒުމަތީގައި އޮތް ކަތުރު ފެނިގެން ކަންބޮޑުވިއެވެ.
"މި ކޮން ކަތުރެއް؟މީތި ނަގައި އަލަމާރި މައްޗަށް ލިން ގައިމު އިއްޔެ....މެހެކް ތަ ނެގީ؟ އަޅޭ މިރެލް އުޅޭ އިރު ޔޫ ޝުޑް ބީ ކެއާފުލް އެއްނު.....މިރެލްއަށް ކަމެއް ވިއްޔާ ދޮންބެ އަހަރެންގެ ދުވަސް ދުއްވާލާނެ. އެހުންނަ ސިނގު ރުޅިގަނޑެއްވެސް............."
"ސޮރީ.....މި.....ހަނދާން ނެތުނީ....."މެހެކް އަވަހަށް ކަތުރު ނަގައި އަލަމާރި މައްޗަށް ލީއިރުވެސް ހިތް ބާރުބާރަށް ބާރަށް ތެޅެމުން ދިޔައެވެ. އޭނަ ތަޅުލާފައި ހުރި ވައްގަނޑަށް ކަތުރު ލީ އަމިއްލަ ދެއަތުންނެވެ. އެވެސް އެންމެ މަތީގައި ހުރި ވައްގަނޑެވެ. އެހާ މަތީން މިރެލް އަށް އެ ކަތުރު ނެގޭނީ ކިހިނެއް ހެއްޔެވެ؟ އެއްޗެއްގެ މައްޗަށް އަރައިވެސް އެހިސާބަށް އަތް ފޯރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެތައް ސުވާލުކަތެއް ސިކުނޑީގައި ފުނި ޖެހެން ފެށިއެވެ. ރީތިވާ މޭޒުކައިރީގައި އިށީދެ މޫނުގައި މޮއިސްޗަރައިޒާ ލާންފެށިޔަސް އޭނަ އިނީ ގެއްލިފައެވެ.
" އާންޓީ.....ޑިޑް ޔޫ ސްލީޕް ވެލް؟" މެހެކް ސިއްސުވާލީ މިރެލް ގެ އަޑެވެ. ލޯ ފޮހެލަމުން ތެދުވުނީ ހަމަ އަބަދުވެސް ހޭލާ އުޅޭ ގަޑިއަށެވެ. އެ މެހެކް އަށް ރޭ ހަމަ ނިދި ނުލިބޭކަން ރަގަޅަށް އެނގި ހުރެ ކޮށްލި ސުވާލެއްފަދައެވެ.
"ތިއީ ހަމަ މިރެލްތަ؟" މެހެކްގެ ދުލުން ބޭރުވީ ހިތުގައި އުފެދުނު ސުވާލެވެ. ހިނދުކޮޅެއްވާންދެން މިރެލް އެއްޗެ ނުބުނެ ހިމޭނުން ބަލަހައްޓައިގެން ހުންނަން ފެށުމުން އޭނަގެ ހިތް އަދި ވަކިން އަވަސްވިއެވެ. މިރެލް އޭނަ ކުޅެން ގެންގުޅޭ ބުދު ދިއްކޮށްލިއެވެ.
" އާސްކް ހާ........" މިރެލް އިޝާރާތްކުރީ ބުދަށެވެ. އެ ލަފުޒުތައް އިވުމުން އޭނަ ގަންނާކުރެއްވި ބިރުން ހަތަރެސްފައި ފިނިވާގޮތްވިއެވެ. މަޑު މަޑުން އާޔަތުލް ކުރުސި ކިޔަން ފެށުމުން މިރެލް ހޭންފެށިއެވެ. އަދި ބާރުބާރަށް ކުރުސި ކިޔަވައިލިއެވެ.
"އާންޓީ ބިރުގަންނަނީ ދޯ.... މިއީ ހަމަ މިރެލް....އާންޓީ ނީޑްސް މޯ ސްލީޕް ދޯ..." މިރެލް ސޯފާއަށް އަރާފައި ބުދު ގެނެސް މޭގައި ޖައްސާ ބާރުކޮށްލަމުން ވާހަކަދައްކަން ފެށިއެވެ. ކުޑަކުދިން އުޅޭނީ އެހެން ނޫންހެއްޔެވެ؟ މިރެލް އެއީ ހަމަ މިރެލް އެވެ. މިއީ ހަމަ އޭނާއަށް ވާ ޝައްކުތަކެވެ. ވަަހުމް ތަކެވެ. ނުބައި ކޮށް ވިސްނަން ފަށައިފިއްޔާ ލޯ މައްޗަށް ސޫރަވެ އަޑުވެސް އިވެން ފަށާނެއެވެ. އޭނަ އަމިއްލަ ނަފުސަށް ވިސްނައިދީގެން ހިތް ހަމަޖައްސަން މަސައްކަތްކުރަނިކޮށް ދޮރުގައި ޓަކިދީފައި ވަނީ މަދީނާއެވެ.
" އުރޫޖް ގުޅާތީވެ....މެހެކް ފޯނު އޮފް ވެފަތަ؟" އޭރު މެހެކް ގެ ފޯނު ރިންގް ވަމުން ދާ އަޑު ކިއެވެ. މަދީނާ އަށް މެހެކްގެ މޫނުމަތި ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ.
" ނޫނޭ.. މިރެލްއާއި ދެކުދިން ވާހަކަދައްކަން ތިބީމަ ހެހެ....."އޭނަ އަވަސް އަވަހަށް ފޯނު ނަގައި ޖަވާބު ދިނެވެ. އަދި ވީޑިއޯއަށް ލާފައި ފޯނު ދިނީ މިރެލްއަށެވެ.
" ހާދަ ހާސްވެފަ.....މިރެލް ކަމެއް ކުރީތަ؟ ޝީ އިޒް އެކްޓިން ވިޔާޑް ރައިޓް...." މަދީނާގެ ސުވާލުން އޭނަ ގެ ހައިރާންކަން އިތުރުވިއެވެ.
" ޔޫ ފެލްޓް ދެޓް ޓޫ....ވީ ނީޑް ޓު ޓޯކް...އެކަމު ފަހުން...އުރޫޖް ގެ ޓްރިޕް ފަނިި ވެދާނެ...." އެދެމީހުން ވާހަކަދެއްކީ ނިކަން ސިއްރުންނެވެ.
"ހާދަ ސިއްރު ބޮޑުކޮށް ދެމީހުން...ކޮން ވާހަކެއްބާ މިދައްކަނީ...." އުރުޖުވާންއަށްވެސް ވީޑިއޯއިން އެ މަންޒަރު ފެނުމުން އަހައިލެވުނެވެ.
" މޭއިބީ ދެއި އާ ޓޯކިން އެބައުޓް މީ ދޯ...." މިރެލް އެ ބުދަށް ބަލައިލަމުން ސުވާލުކުރިއެވެ.
"ދަރިފުޅު........ޑޯލް އަކީ ރިއަލް އެއްޗެއް ނޫނޭ....އެގޮތަށް ނޯމަލް ކޮންވަޒޭޝަންސް އެކަހަލަ އެއްޗިއްސާ ކުރާކަށް ނުވާނެ އޭ މަންމަ ބުނަމެއްނު...." އުރުޖުވާން ނަސޭހަތްދިނެވެ. މިރެލް މިހާރު ކުރިޔަށް ވުރެން ބޮޑަށް ކުޅެން ގެންގުޅޭ ބުދާއި ވާހަކަ ދައްކާ ތަން ފާހަނގަ ކުރެވެއެވެ. އޭނަ އެހެން ބުނަން ބޭނުން ނުވިޔަސް ދޭތެރެއަކުން މިރެލްގާތު ބުނެލެވެއެވެ. އަބަދުވެސް ހަނދާންކޮށްލަދެވެއެވެ.
" ހާދަ ހާސްވަފަ ތި ތިބެނީ...ކިހިނެއްވެފަ...ވަރަށް ތައްޔާރީތައް ގިނަ ދޯ...ނުވެސް ދޭ ވިއްޔާ އަޕްޑޭޓެއްވެސް....އަނެއްކާ ގްރޫމް ސައިޑް ވީމަތަ؟" އުރުޖުވާން ދިމާކޮށްލިއެވެ. މަދީނާ ގަދަކަމުން ކަހަލަގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ.
" ދެން މެހެކް މިއީ ގްރޫމް ސައިޑެއް ނޫންތަ؟އެކަމު ކޮންމެވެސް އެކަކު ވާނެ ބްރައިޑް ސައިޑަށް ވެސް އަރަން...." މަދީނާ ބުނެލިއެވެ.
***
"ސީ ނަތިންގް ޓު ވޮރީ އެއްނު....މިރެލް ހަމަ އޯކޭ ކޮށް އެހެރީ އެކަމު އެބަ ޖެހޭ އެ ބުދު ގަނޑު ކޮންމެވެސް ގޮތަކުން ދުރުކުރުވަން...ވަރަށް ކްރިޕީ ވައިބްސް..." މާޒިމް ހުރީ ނިކަން ހަމަޖެހިލާފައެވެ. އޭނާ އެ ބުދު ދޭން ޖެހުނީވެސް މިރެލް އެކަމާ ރޮއެ ހަދާވަރުންނެވެ. ދަރިފުޅުގެ ލޮލުން ކަރުނަ އައުމަށްވުރެ އޭނަގެ ހިތަށް އަސަރުކުރާކަމެއް ދުނިޔޭގައިވާނެހެން ހިޔެއްނުވެއެވެ. އުރުޖުވާންވެސް އެކަމަށް އާދޭސްކުރަން ފެށުމުންނެވެ.
" ޔެސް...މިރެލް މާ ގިނައިން އެ ބުދާއި ވާހަކަދައްކާ....އިމޭޖިނަރީ ފްރެންޑެއްވެސް ނޫން އަނެއްހެން. ބުދެއްވީމަ ދެން ވަރަށް އެހެން ކަހަލަ....ދެން ނެގެޓިވް ކޮށް ނުވިސްނިޔަސް އެއީ ދެން އެހާ ރަނގަޅުކަމެއް ނޫން ދޯ..." އުރުޖުވާން ވެސް އެއްބަސްވިއެވެ.
" ކެންޓް އަށް އައީމަ ތަ ތިހާ ބަސް އަހައިގެން ތި އުޅެނީ...އަނެއްކާ ފައިޓް ކުރާނަން ދޯ ގެއަށް ދެވުމުން...." އޭނަ ސަމާސާކޮށްލިއެވެ. އުރުޖުވާންކައިރީ އޮތް ބާލީހުން އޭނަ ގެ ބޮލުގައި މަޑުން ޖަހާލިއެވެ.
"އައުޗް.....ހެޑް އިންޖަރީވެއްޖެ.....ތިހެން ހަދައިގެން މޮޔަކޮށްލަން ތިއުޅެނީ؟ މިހާރަށްވުރެ ބޮޑަށް...."އޭނަ އެއްލޯ މަރައިލިއެވެ.
"މާޒް ބޯ ހަރުކަމުން އަނިޔާވީ މި ބާލީހަށް ކަން ނޭގޭ.."އުރުޖުވާންވެސް ސަމާސާގައި ބައިވެރިވެލިއެވެ." ދެން އެވާހަކައެއްނޫން. ހިނގާބަ ތަންތަން ބަލާލަން ދާން..މޫސުމް ކިހާ ރީތި..އަބަދު ކޮޓަރީގައި ތިބީމަ ކަމަކުނުދާނެ....އެއްކަލަ އޯލްޑް ލޭޑީ ވެސް ހައިރާންވާނެ މިހާ ހިތްގައިމު ތަނަކަށް އައިސް އަބަދު ގޭގައި ތިބީމަ... މި ގެއިން ނުނިކުންނަ ބައެކޭ ހިތާ........" އުރުޖުވާން ހެދުމާއި ޖެކެޓްތައް ހާވަންފެށިއެވެ.
" ހަނީމޫން ކަޕްލްސްތައް މިހެން ނޫންތަ އުޅޭނީ. ދައިތަގަނޑު ޒުވާން ދުވަސްވަރު ހަދާން ހުރިކަމެއް ނޭގޭ...ނޫންތަ؟" އޭނަ އުރުޖުވާންގެ ނޭފަތުގައި ހިފުމުން ރަކިވާގޮތްވިއެވެ.
" ޕްލީޒް ޑޯންޓް ސްޓާޓް...." އުރުޖުވާން ލޯ އަޅާލިއެވެ. އަދި ކޮޓަރީގެ ދޮރު ފޮތިތައް ކަހާލުމާއެކު މުޅިތަނަށް އިރުގެ އަލިކަން ވަދެގަންނަން ފަޅި ސިކުންތުކޮޅެއްވެސް ނުނަގައެވެ. ހަރީފު މޫސުމުގެ ބަނަ ވިލާތަކަށް މިއަދު އިރުވަނީ ކުރި ހޯދާފައެވެ.
އޭނަ ކުއްލިއަކަށް އުރުޖުވާން ގެ އަތު ގައި ހިފައި ދުއްވައިގަތުމުން ބިރުން ސިހޭގޮތްވިއެވެ. ހީކުރެވުނީވެސް ދޮރު ހުޅުވައިލުމުން ދިރޭ ސޫފިއެއް ނޫނީ ހަރުފައެއް ނަމަވެސް ފެނިގެން ސަލާމަތްވާން ދުއްވައިގަތްހެންނެވެ.
މާޒިމް މަޑުކޮށްލީ ބޮޑުކޮޓަރީގެ ދޮރު ހުޅުވާލާފައެވެ. ތާޒާ މީރުވަސް އެކުލެވޭ ފިނި ވައިރޯޅިތައް ގެއަށް ވަދެގަތެވެ.
"ވަޓް...ކިހިނެއްވީ...؟އަޅޭ ބިރުން ހަލާކު ވެއްޖެ..."އުރުޖުވާންއަށް ފަހަތް ބަލައިލެވުނެވެ. ހަރުފައެއް އެއްޗެއް ފަހަތުގައި ޖައްސާލާފައި އޮވެދާނެކަމުގެ ބިރު ހީވިއެވެ. އޭރު ހިތް ބާރަށް ތެޅެމުން ދިޔައެވެ.
" މާޒް..ބުރުގާ ވެސް ނާޅާ މިހިރީ........." އުރުޖުވާން ޝަކުވާ ގެ ރާގުގައި ބުނެލިއެވެ.
"މިހިސާބުގަނޑުގައި އެއްވެސް މީހަކު ނޫޅޭ........." އޭނާ އުރުޖުވާންގެ އަތުގައި ހިފާ ފިތައިލިއެވެ. "އަދި މީހަކު ފެނުނު ކަމުގައި ވިޔަސް..އައި ވިލް ކަވާ ޔޫ..."
އެލަފުޒުތައް ގަނޑުފެނަށް ވެގެން އޭނަގެ ހިތް ބޮނޑިތާންކޮށްލިފަދައެވެ. ބަޔާން ނުކުރެވޭފަދަ ފިނިކަމެއް ހިތަށް ލިބުނެވެ. އެ ނަޒަރުވެސް ހާދަ ލޯތްބެވެ. ލޯބިން ފުރިގެންވާ އެބެލުންތަކުންވެސް ހިތް އުފަލުން ފުރިދެއެވެ.
ބޭރުގައިވާ ދަނޑުބިންތައް ފެތުރިފައިވަނީ ވަރަށް ދުރަށެވެ. ހެނދުނުގެ މަޑު އަލިކަމުގައި އެ ދަނޑުބިންތައް ވަނީ ރަން ކުލައިގައި ހިމޭންވެފައެވެ. ވައިގާ ހިފާފައިވަނީވެސް އެހާ މީރުވަހެކެވެ. ބިމުގެ ވަހާއި ވެއްޓިފައިވާ ފަތްތަކުގެ ވަސް އެކުވެފައެވެ. އޭނަ ޚިޔާލެއް ފިކުރެއްނެތި އެ ބިމުގައި ދުވަންފެށީ މަޖާވެފައެވެ. އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ވައިރޯޅިތަކުގެ ގޯނާތަކަށް ހިބައިން ދީފައެވެ. އޭނާ އަތްތައް ކުޑަކޮށް މައްޗަށް ނެގިއެވެ. ފިނި ވައި ހަމުގައި ޖެހޭ އިހުސާސް ކުރެވުނެވެ.
ރަން ކުލައިގެ ދަނޑުބިންތަކުގެ ފަހަތަށް، ބިން ތިރިވެގެންދާ ހިސާބުން އޭނަ މަޑުކޮށްލިއިރު ނަޒަރުވެސް އެދިމާލަށް ހުއްޓުނެވެ.
ތަންކޮޅެއް ދުރުގައިވާ ކޯރެެއް ފެނުމުން އޭނާގެ ހަށިގަނޑަށް ފިނި ރާޅެއް އެރިއެވެ.
އެއީ ހަމަ އޭނާގެ ހުވަފެނުގައި ފެނުނު ކޯރެވެ. އެ ހިމޭން، ފުން، އަދި ނިމުމެއްނެތްހާ ދިގު ފެންގަނޑެވެ. އޭނާގެ ހިތް ބިރުވެރިކަމާއެކު ތެޅިގަތެވެ. ހުވަފެނުގެ ހަނދާންތައް އަނބުރާ ސިކުނޑީގައި ޖެހިިގަތެވެ. އަނދިރި އުޑާއި މިރެލް ފުންމައިލިގޮތާއި އެ ފިނި ފެނުގެ ތެރެއަށް ގެނބުނު ގޮތް ކުރިމަތިން ފެނުނުހެން ހީވިއެވެ.
އުރްޖުވާން އޭނާގެ ދެއަތުން ހަށިގަނޑުގައި ބައްދައިލިއެވެ. އޭރު އޭނާގެ ހިނިތުންވުންވެސް ފަނޑުވެގެން ހިގައްޖެއެވެ. ޚަރީފުގެ ވައިރޯޅިވެސް އިތުރަށް ފިނިވެގެން ދިޔަ ފަދައިންނެވެ.
ނުނިމޭ