ޑާކްރެއިންގެ ޕްރޮޖެކްޓަށް އެކްޓަރުން ހޯދަނީ

ޑާކްރެއިން އެންޓަޓެއިންމެންޓުގެ ޕްރޮޖެކްޓެއްގައި އެކްޓުކުރަން ބޭނުންވާ ފަރާތްތަކަށް ކާސްޓިން ކޯލަށް ހުޅުވާލައިފިއެވެ.

ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވެފައި ތިބި އާޓިސްޓުންނަށް ޑާކްރެއިންއިން މިވަނީ ރަނުގެ ފުރުސަތެއް ފަހިކޮށްދީފައެވެ. އެގޮތުން، ޑާކްރެއިންއިން ދާދިފަހުން އާންމުކޮށްފައިވާ ގޮތުގައި ޑާކްރެއިންގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން، ކާސްޓިން ކޯލަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30ގެ ނިޔަލަށް މި ފުރުސަތަށް ކުރިމަތިލެވޭނެ ކަމަށް ޑާކްރެއިންއިން ވަނީ ބުނެފައެވެ. ޑާކްރެއިންއިން ބުނެފައިވަނީ އެ ޕްރޮޑަކްޝަންގެ އުފެއްދުމެއްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9911229 އަށް މެސެޖުކޮށް އަމިއްލަ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

ކާސްޓިން ކޯލުގައި ބައިވެރިވެވޭނެ މީހުންގެ ޝަރުތުތައް ވެސް ޑާކްރެއިންއިން ހިއްސާކޮށްފައިވެއެވެ.

ޑާކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި ޑާކްރެއިންގެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ހުރި މީހުންނަކީ 18 އަހަރު ފުރިފައިވާ މީހުންނަށް ވާން ޖެހޭނެއެވެ. ކޮންމެ ޖިންސެއްގެ މީހަކަށް ވެސް މި ކާސްޓިން ކޯލަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑާކްރެއިންއިން ވަނީ ބުނެފައެވެ.

ޑާކްރެއިންއިން އިތުރު ޕްރޮޖެކްޓަށް އެކްޓަރުން ހޯދަމުން އަންނައިރު އެ ޕްރޮޑަކްޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ "އަލިފާން" ދައްކަން ފެށުމަށެވެ. މިއީ ޑާކްރެއިންއިން މި އަހަރު އޮލިމްޕަހަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ. މީގެ ކުރީން މި އަހަރު ޑާކްރެއިންއިން ޝޯއެއް ނެރުނު ނަމަވެސް އަދި ފިލްމެއް އޮލިމްޕަހުގައި ދައްކާފައެއް ނުވެއެވެ.

މީގެ ކުރީން "ޕްރޮޖެކްޓް 37" ނަން ދީފައިވާ އަލިފާންއަކީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.

ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.

comment ކޮމެންޓް