މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން މީހަކު ހަޅޭއްލަވާތީ ފުލުހުން ބެލިއިރު، ޚަބަރު ހުސްވެފައި އޮތް ޒުވާން އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހެނދުނު 06:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން ވަގުތުން އެޓެންޑުވި ކަމަށެވެ.
އަދި އެ ގެއަށް ވަދެ، ވީނުވީ ބެލިއިރު 21 އަހަރުގެ އަންހެނަކު ޚަބަރު ހުސްވެެފައި އޮއްވައި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެއާއެކު އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މި ވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަކަމަސް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ފަދަ މައްސަލައެއް ފެންމަތިވިއިރު، މި ފަހުން 21 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއާއެކު ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.
comment ރަސިލް
2 month 4 week ago
މިއީ ހަބަރު ލިޔާ ގޮތްބާ
comment މަޖ
2 month 4 week ago
5 ކާފް ހަ،މަނުވާ ހަބަރެއް.... ކާކު؟ ކޮންތާކު؟ ކޮންއިރަކު؟.................