މުޝްފިގުގެ މަރު ސާބިތުކުރުން ހީކުރި ވަރަށް ވުރެ ލަސްވެއްޖެ، އަންނަ ހަފުތާގައި ގޮތެއް ނިންމަނީ

ގެއްލިގެން ހޯދާ މުޝްފިގު: އޭނާގެ މަރު ސާބިތުކުރުން ހީކުރި ވަރަށް ވުރެ ވަނީ ލަސްވެފައި ----

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ, އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރުން ހީކުރި ވަރަށް ވުރެ ލަސްވެއްޖެއެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިގު ނިޔާވެއްޖެ ކަމަށް ނިންމައި އޭނާގެ މައްޗަށް މިމަހުގެ 11ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދު ކުރުމަށް އޭނާގެ އުފަން ރަށް ލ. މާވަށު ކައުންސިލުން ނިންމިއެވެ.

https://sun.mv/204632

އެކަމަކު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އޭރު ވިދާޅުވީ، ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އެކަމުގައި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ނަމަވެސް، ކަނޑަަށް ވެއްޓި ގެއްލިފައިވާ މީހާ މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިއަސް އެކަމުގައި ގާޒީއަށް ގޮތެއް ކަނޑައަޅައިދެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭރު ޝަހީމް ވިދާޅުވެފައިވެއެވެ.

އެހެންވެ، އެ ދުވަހު ބާއްވަން އޮތް ކަށުނަމާދު ވަނީ ކެންސަލްކޮށްފައެވެ.

އޭގެފަހުން، މިމަހުގެ 11ގައި ޝަހީމް ވިދާޅުވީ މުޝްފިޤުގެ އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން މިމަހު 18ވަނަ ދުވަހުގެ ހުކުރު ނަމާދަށް އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/204654

ނަމަވެސް، އެހާތަނަށް މުޝްފިގުގެ މަރު ސާބިތުވެފައިނުވާތީ ކަށުނަމާދު ކޮށްފައެއް ނުވެއެވެ. މުޝްފިގުގެ މަރު ސާބިތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުންނެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިމަހުގެ 16ވަނަ ދުވަހުގެ ރެއެވެ.

ގެއްލިގެން ހޯދާ މުޝްފިގު: އޭނާގެ މަރު ސާބިތުކުރުން ހީކުރި ވަރަށް ވުރެ ވަނީ ލަސްވެފައި ---- ފޮޓޯ/ އަލީ މުޝްފިގު، ފޭސްބުކް

https://sun.mv/204894

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ މިއަދު 'ސަން'އަށް ވިދާޅުވީ، މަރު ސާބިތު ކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ.

މި ކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެމުން މާވަށު މެޖިސްޓްރޭޓް ކޯޓުން ބުނީ، އެކަމުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ބަހެއް ލިޔުމުން ހޯދަން ޖެހޭކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން އެދިގެން، މިހާރު މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވާލުކުރާނެ ކަމަށް ބެލެވޭއިރު، އެ އަޑުއެހުމުގައި އޮންނާނީ ހެކިވެރިއެއްގެ ހެކިބަސް ނެގުން ކަމަށް ކޯޓުން ބުނެއެވެ. އެ މައުލޫމާތަށް ފަހު ކޯޓުން ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށާއި ދެން އެއަޑުއެހުމުގައި އޮންނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުން އަންނަ މުޝްފިގު ---- ފޮޓޯ/ މުފްލިހު މުޙައްމަދު، ފޭސްބުކް

މީގެކުރިން އެ ކޯޓުން ވަނީ މި މައްސަލަ ދިގުލައިގެން ނުދާނެ ކަމަށް ވެސް ބުނެފައެވެ. ނަމަވެސް، މުޝްފިގް ގެއްލުނު ފަހުން މިހާރު ވަނީ މަހެއް ވާން ގާތްވެފައެވެ.

އޭގެއިތުރުން، މުޝްފިފް ހޯދުން ހުއްޓާލިތޯ ބެލުމަށް އެމްއެންޑީއެފްގައި 'ސަން' ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެތެރެއިން ސަލާމަތްވީ 17 މީހުންނެވެ.

comment ކޮމެންޓް