މެޓް ގާލާގައި ޝާހު ފުރަތަމަ ފަހަރަށް ބައިވެރިވަނީ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ދައިންޑިއަންއެކްސްޕްރެސް

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާ ހުޅަނގުގެ މަޝްހޫރު ފެޝަން އިވެންޓު މެޓް ގާލާގައި މި އަހަރު ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި އަހަރުގެ މެޓް ގާލާގައި ޝާހު ބައިވެރިވާނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީއާ އެކުއެވެ. ރެޑް ކާޕެޓުން ޝާހްރުކް ފެންނާނީ ވެސް ސަބްޔަސާޗީ ފަރުމާކޮށްފައިވާ ފޭރާމުގައެވެ.

އިންޑިއާގެ އެންމެ މަގުބޫލު ފެޝަން ޑިޒައިނަރު ސަބްޔަސާޗީއާ އެކު ޝާހު މި އަހަރުގެ މެޓް ގާލާ އިވެންޓުން ފެންނާނެއިރު ފާހަގަކޮށްލެވޭ ކަމަކީ މިއީ ޝާހު މެޓް ގާލާގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމެވެ.

ބޮލީވުޑް ބަތަލާ އާލިއާ ބަޓް މިދިޔަ އަހަރު މެޓް ގާލާ އިވެންޓުގައި--ފޮޓޯ/ހިންދުސްތާންޓައިމްސް

ހަމަ އެއާއެކު މިއީ އިންޑިއާގެ މަޝްހޫރު އެކްޓަރަކު މެޓް ގާލާގެ ރެޑް ކާޕެޓަކުން ފެންނާނެ ފުރަތަމަ ތާރީޚީ ފެނިލުން ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މެޓް ގާލާ އިވެންޓަކީ ބޮލީވުޑްގެ އިތުރުން ދުނިޔޭގެ ގިނަ ފިލްމު އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ މަޝްހޫރު ސެލެބްރިޓީން ފޭނުންނަށް ފެންނަ އެންމެ ބޮޑު އެއް އިވެންޓެވެ.

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް މެޓް ގާލާއިން 2023ވަނަ އަހަރު ފެނުނުއިރު މި އަހަރު މި އިވެންޓުން ފެންނާނެކަން ކަށަވަރުވެފައިވާ ތަރިންގެ ތެރޭ އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާ ކިއާރާ އަދުވާނީ ހިމެނެއެވެ.

ކިއާރާ މެޓް ގާލާ އިވެންޓުގައި ފެންނާނީ އިންޑިއާގެ ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖްއާ އެކުއެވެ.

މި އަހަރުގެ މެޓް ގާލާ އިވެންޓު ކުރިއަށްދާނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނިއު ޔޯކްގެ މެޓްރޮޕޮލިޓަން އާޓް މިއުޒިއަމްގައެވެ.

comment ކޮމެންޓް