ހުޅުމާލޭގައި ހަދާ ސޭވަރއަށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ރެއިޒްކުރުމަށް ޑީއައިޕީއާއެކު އެއްބަސްވުމެއް

ހުޅުމާލޭގައި ހަދާ ސޭވަރއަށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ރެއިޒްކުރަން ޑީއައިޕީން ވަނީ ހަވާލުވެފައި -- ފޮޓޯ/ ޑީއައިޕީ

ފެޑޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓް އިމާރާތް، "ސޭވަރ"އަށް 55 މިލިއަން ރުފިޔާ ހޯދުމަށް ބޮންޑެއް ރެއިޒްކުރަން ދިވެހި އިންވެސްޓް ޕާޓްނާސް (ޑީޕީއައި)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޑީޕީއައިއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް ކުންފުނިތަކަށް ފަންޑްރެއިޒް ކޮށްދިނުމާއި އިންވެސްޓްމެންޓް މެނޭޖްމެންޓްގެ އިތުރުން ފައިނޭންޝިއަލް އެޑްވައިޒަރީ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެކެވެ.

ފެޑޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ސޭވަރ ޕްރޮޖެކްޓަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރެސްޓޯރެންޓުތަކާއި ޖިމާއި ޕޫލުގެ އިތުރުން ކޮންފަރެންސް އަދި އިވެންޓް ހޯލެއްގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ހިމެނޭ ޕްރޮޖެކްޓެކެވެ.

ހުޅުމާލޭގައި ހަދާ ސޭވަރއަށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ރެއިޒްކުރަން ޑީއައިޕީން ވަނީ ހަވާލުވެފައި -- ފޮޓޯ/ ޑީއައިޕީ

ޑީއައިޕީން ބުނީ އެ ޕްރޮޖެކްޓަށް ރެއިޒް ކުރާ ބޮންޑަކީ އަންސެކިއުޑް ކޮންވެންޝަނަލް ބޮންޑެއްގެ ގޮތުގައި ފަރުމާކުރާނެ ބޮންޑެއް ކަމަށެވެ. އަދި ބޮންޑް ވިއްކުމަށް މަސައްކަތް ކުރާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ އިންވެސްޓްމެންޓް ފުރުސަތަކީ އިންވެސްޓުކުރަން ޝައުގުވެރިވެ، ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.

އެ ބޮންޑުގެ އިތުރުން ޑީއައިޕީން އަންނަނީ އިތުރު ކުންފުނިތަކަކާއެކު ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްމެންޓުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު