ހެޔޮއަގުގައި، މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި

ހެޔޮއަގުގައި، މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކުރުން ---- ފޮޓޯ/އެސްޓީއޯ

ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯއިން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވެ ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައިވަނީ މި ފަހުން އާންމުވެފަ ވަނިކޮށެވެ.

އެގޮތުން ވިހެއުމަށްފަހު ބޭނުންކުރާ އެކި ކަހަލަ ބޭސްތަކާއި، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސްތަކާއި، އެ ނޫން ވެސް ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން، ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް މި އެއްބަސްވުމުގެ ދަށުން ހަމެޖެހޭނެ ކަމަށާއި މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ހެޔޮއަގުގައި، މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކުރުން --- ފޮޓޯ/އެސްޓީއޯ

މި އެއްބަސްވުމުގެ މަގުސަދަކީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، ހުރިހާ ބޭހެއްވެސް ލިބެން ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އޭގެއިތުރުން، ކޮވިޑް-19ގެ ތެރޭގައި، އެޗްއެލްއެލްއިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިމަހުގެ ތިން ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން މި ފަހުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރު އެ ކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

https://www.sun.mv/205542

ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް މި ކަމަށް ކުރާ ޚަރަދުތަކުގެ ހިސާބުތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް އަދި ނުފެނެއެވެ.

comment ކޮމެންޓް