ޔުމްނުގެ ބަޔާން ނެގުމުގެ ފުރުސަތު އަދިވެސް ނުލިބޭ: ފުލުހުން

ޔުމްނު ވެއްޓުނު ރޭގެ ސީސީޓީވީ ފުޓޭޖެއްގައި އޭނާ: މި ހާދިސާއާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުން --

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ވީހާ ވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ވަނީ އޭޕްރީލް 18 ވަނަ ދުވަހު ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ރޭ ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ރޭ ހާމަކުރިއެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.

"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،" ފުލުހުންގެ މެސެޖުގައިވެއެވެ.

ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/205781

ޔުމްނު ބުނީ އަމިއްލައަކަށް ފުންމާލީ ނޫންކަމަށް

އެންމެ މުހިންމު ކަމަކަށް ޔުމްނުގެ ދައްތަ ހާމަކުރީ ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން އަމިއްލައަށް ފުންމާލީ ނޫންކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެ ތަނުގައި ތިބީ ރައުދާ ދެ މީހުން ކަމަށް ފުލުހުން ބުނި ނަމަވެސް އެކަން ވެސް ޔުމްނު ދޮގުކުރާ ކަމަށް އާއިލާއިން ބުންޏެވެ.

"..ޔުމްނުގެ އަނގައިން ބުނެފައިވަނީ އެ ފަދަ ކަމެއް އަމިއްލައަކަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެން އެތަނަކުންނެއް،" ޔުމްނުގެ ދައްތަ ބުންޏެވެ.

މި ހާދިސާ ހިނގި ޔުމްނުއާ އެކު އުޅުނު އިތުރު ނުވަ މީހުންނާ އެކު ފުރަތަމަ ދިޔައީ މއ. މާންދޫގެދެކުނުގެއަށެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅެވެ. އެ ގޭގައި އޮތް 'ޕާޓީ'ގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ބައިވެރިވިއެވެ. އެކަމަކު، އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.

ކުރިން ވެސް ޔުމްނު ފެންޓެނޯއީއަށް ގޮސް އުޅުނު

ފެންޓެނޯއީ ގޭގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުގައި ޔުމްނުއާ އެކު އުޅުނު ރައުދު، ޓަކިޖަހައި، ދޮރު ހުޅުވާތޯ އިންތިޒާރަށް ހުންނަތަން ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ.

https://sun.mv/205785

ފުލުހުން އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި އެ ގެއަކީ، ރައުދުއާއި، ޔުމްނުއާ ވެސް އެއްވެސް ގުޅުމެއް ނެތް ގެއެކެވެ. މީގެ ކުރިން "ސަން"އާ ވާހަކަދެއްކި އެ ގޭގެ ވެރިން ވެސް ބުނީ އެ މީހުންނާއި، އެ ދެ ޒުވާނުންނާ ގުޅުމެއް ނެތް ކަމަށެވެ.

ނަމަވެސް، ރޭ ޔުމްނުގެ ދައްތަ ބުނީ، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނި ކަމަށެވެ. އަދި، ވެއްޓުނު ރޭ ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

"ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަނަކާ އެކީގައި,"

ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި، އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.

ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ.

https://sun.mv/205643

"މަރަށް ދޫކޮށްލާފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލާފައި ވެސް ދިޔައީ އެ މީހުން،" ޔުމްނުގެ ދައްތަ ބުންޏެވެ.

މި މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. ސަރުކާރުން ވަނީ އެ އިހުތިޖާޖުތަކާ ގުޅިގެން މި ހާދިސާ ތަހުގީގުކުރަން ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދައިފައެެވެ. މި ހާދިސާގެ ތެރެއިން ކުރިމަތިވި ޕްރެޝަރާއެކު އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ވެސް ވަނީ ދެއްވައިފައެވެ. ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް