އެޕަލް އެއާޕޮޑްސް ޕްރޯ 3 މިއަހަރު ނެރެނީ

ޓެކްނޮލޮޖީގެ އެންބޮޑު އެއް ކުންފުނި އެޕަލް ކުންފުނީގެ "އެޕަލް އެއާޕޮޑްސް ޕްރޯ 3" ގެ އާ ވަރޝަން ގިނަ އައު ފީޗާތަކާއެކު މިއަހަރު ނެރުމަށް ރޭވިފައިވާ ޓެކްރިޕޯޓެއްގައި ބުނެފިއެވެ.

އެޕަލް އެއާޕޮޑްސް ޕްރޯ-2 ނެރުނުފަހުން ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު، ގިނަ ބަޔަކުދަނީ ޕްރީމިއަމް ވަޔާލެސް އަޑުއެހުމުގެ އާތަޖުރިބާއެއް ކަމުގައިވާ އެއާޕޮޑްސް ޕްރޯ-3 އަށް އިންތިޒާރުކުރަމުންނެވެ.

އެޕަލްގެ އައިފޯން އަށްފަހު އެންމެ މަޤްބޫލް އުފެއްދުމެއް ކަމުގައިވާ އެއަޕޮޑްސް ޕްރޯއަކީ ވަޔާލެސް އިޔާބަޑްސްގެ ދުނިޔޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އުފެއްދުމެކެވެ.

ނެރޭނެ ތާރީޚް އަދި އަގު
އެޕަލްއިން ރަސްމީކޮށް އެއާޕޮޑްސް ޕްރޯ-3 ނެރުމަށް ކަނޑައަޅާފައިވާ ދުވަހެއް އިޢުލާނުކޮށްފައި ނުވިޔަސް، އެޕަލްގެ އިންސައިޑާ ކަމަށްވާ މާކް ގުރްމަން ވަނީ މިއީ "މަދު މަސްތަކެއްގެ" ތެރޭގައި ނެރޭނެ އުފެއްދުމެއްކަމަށް ބުނެފައެވެ.

ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، އެޕަލްއިން އާދައިގެ މަތިން އެއާޕޮޑްސް ޕްރޯ އުފެއްދުންތައް ނެރެނީ އާ އައިފޯނަކާ އެކުގައި ކަމަށްވުމާއެކު، ސެޕްޓެމްބަރު މަހު އައިފޯން 17 އާއެކު މި އުފެއްދުން ނެރުމަކީ އެކަށީގެންވާ ކަމެކެވެ.

އެއަޕޮޑްސް ޕްރޯ-3ގެ އަގާ ބެހޭގޮތުން ވަކި މަޢުލޫމާތެއް ލިބިފައި ނުވިޔަސް، މިހާރު މާކެޓްގައި ވިއްކާ އެއާޕޮޑްސް ޕްރޯ 2 ގެ އަގު ކަމަށްވާ £229 (ނުވަތަ £249 ކުރީގެ އަގު) އާ ގާތްކުރާނެ ކަމަށް ލަފާކުރެވެއެވެ. އެއަޕޮޑްސް-4ގެ އަގަކީ £129 އަދި އެކްޓިވް ނޮއިޒް ކެންސަލޭޝަންއާއެކު ހުންނަ ވާޝަންގެ އަގަކީ £279 ކަމަށްވުމާއެކު، އެއަޕޮޑްސް ޕްރޯ 3 ގެ އަގު މިއަށްވުރެ ބޮޑުވުމަކީ ޔަޤީން ކަމެކެވެ.

ޑިޒައިން އަދި އައު ފީޗާތައް
އަޑުއިވޭ ގޮތުގައި، އެއާޕޮޑްސް ޕްރޯ-3 އަކީ ގިނަ އަހަރުތަކެއްގެ ތައްތާރީތަކަކަށް ފަހު ނެރޭ އުފެއްދުމެކެވެ. ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށް ބެލެވޭ ނަމަވެސް، މައިގަނޑު ގޮތެއްގައި ކުރު ސްޓެމްއާއެކު ބައްޓަންކުރެވޭ ހުދު އިޔާބަޑްސްގެ ސިފަ ދެމެހެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.

އެޕަލްއިން ފެބްރުއަރީ މަހު ވަނީ ޓަޗް ކޮންޓްރޯލްގެ މަސައްކަތްކުރާ ގޮތަށް ބަދަލުތަކެއް ގެނައުމާ ގުޅޭ ޕޭޓަންޓެއް ފައިލްކޮށްފައެވެ. މީގެ ސަބަބުން، އަތަށް އަންގި ލައިގެން ހުއްޓަސް ވޮލިއުމް ބޮޑުކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ބެލެވެއެވެ.

ޗާޖިން ކޭސްއަށް ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި، ޔޫއެސްބީ-ސީ ކަނެކްޓިވިޓީ އަދި ކޮންޓްރޯލްއަށް ގެނެވޭ ބަދަލުތައް ހިމެނެއެވެ. އެއާޕޮޑްސް -4 ގައި ކުރިން ހުރި ފިޒިކަލް "ސެޓަޕް ބަޓަން" ވަނީ ކެޕޭސިޓިވް ސެންސާއަކަށް ބަދަލުކުރެވިފައެވެ. އަދި މި ކޭސް ވަނީ ކުރިއަށްވުރެ ހަނި އަދި ލުއި ކުރެވިފައެވެ.

އެންމެ ފާހަގަކޮށްލެވޭ އައު ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

ހިއުމަން ހެލްތް ފީޗާތައް:

އަޑުއިވޭ ގޮތުގައި، އެއާޕޮޑްސް ޕްރޯ-3 ގައި ހިތުގެ ރޭޓް މޮނިޓަރިންގ ފެންވަރުގެ ހެލްތް އަދި ފިޓްނަސް ފީޗަރތައް ހިމެނިގެންދާނެއެވެ. މިއާއެކު އެޕަލް ވޮޗެއް ނުލައި ހިތުގެ ވިންދުގެ މިންވަރު ބެލުމަށް މަގުފަހިވެގެންދާނެއެވެ.
ރިއަލް-ޓައިމް ތަރުޖަމާ:

އެއާޕޮޑްސް ޕްރޯ-3 އިން ވާހަކަދައްކާ މީހާގެ ބަހުގެ ދަރަޖަ ދެނެގަނެ، އަޑުއަހާ މީހާގެ ކަންފަތަށް ތަރުޖަމާ ފޯރުކޮށްދެވޭނެ ކަމަށް ބުލޫމްބާގުން ވަނީ ރިޕޯޓްކޮށްފައެވެ.
އިންފްރާރެޑް ކެމެރާ ޓެކްނޮލޮޖީ:

އެޕަލްއިން އެއާޕޮޑްސް ގައި އިންފްރާރެޑް ކެމެރާ ޓެސްޓްކުރަމުންދާ ކަމަށް ރިޕޯޓްކުރެވިފައިވީ ނަމަވެސް، މި ފީޗާ އެއާޕޮޑްސް ޕްރޯ-3 ގައި ހިމެނިގެންދާނެކަމަށް ނުބެލެވެއެވެ.
އާ ފީޗާތަކާއި ގަދަ އަޑާއެކު، އެއާޕޮޑްސް ޕްރޯ-3 އަކީ އެޕަލްގެ އެންމެ ފުރިހަމަ ވަޔާލެސް އިޔާބަޑްސް ކަމުގައި ވެގެންދާނެކަމަށް ބެލެވެއެވެ.

މި އުފެއްދުން ރަސްމީކޮށް އިޢުލާނުކުރާނެ ދުވަހަކަށް ގިނަ ޔޫޒަރުން ދަނީ އިންތިޒާރުކުރަމުންނެވެ.

comment ކޮމެންޓް