ދޯންޏަކުން ނަޑައްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ އާދަމް އިބްރާހީމް --

ގދ. ނަޑައްލާއަށް ބަނދަރުކުރި ދޯންޏަކުން އެ ރަށަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ 34 އަަހަރުގެ، ހދ. ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހިމެވެ.

ފުލުހުން މިއަދު ބުނީ ނަޑައްލާއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ގެއްލުނީ ނަޑައްލާއަށް އިއްޔެ މެންދުރުފަހު 14:00 ހާއިރު ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ، ދޯނިން އެ ރަށަށް ފޭބުމަށްފަހު ކަމަށެވެ.

ނަމަވެސް އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދު ވެސް އޭނާ ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އާދަމް އިބްރާހިމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދޭކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް