ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދޭން ވަސީލަތާއި ތަމްރީނު އިތުރުކުރަން ޖެހޭ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދަރިވަރުންތަކަކާއެކު: މިނިސްޓަރު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާ ދިނުމަށް ވަސީލަތާ ތަމްރީނުތައް އިތުރުކުރަން ޖެހޭ ކަމަށް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ވަސީލަތާއި ފަންނީ ގާބިލުކަން ހޯދުމަށް ތަމްރީނުތައް އިތުރުކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތުންނަށް މިނިސްޓަރުންނަށް ސުވާލުކުރެވޭ ގޮތަށް ބާއްވާ 'އަހާ' ފޯރަމްގައި މިރޭ ޝަފީއު ބައިވެރިވެވަޑައިގަތުމުން މީހަކު ވަނީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ސުކޫލުތަކުގައި ބާކީވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށެވެ. ނަމަވެސް، އެ ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، ފަންނީ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީގައި ގާބިލުކަން ހުރި މިންވަރަކުން އެފަދަ ކުދިންނަށް ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރައްވައި، ޝަފީއު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާ ދިނީ ވަކިން ކަމަށެވެ.

އަހާ ފޯރަމްގެ ތެރެއިން ---- ފޮޓޯ/ރައީސް އޮފީސް

އެއާ ޚިލާފަށް 'އިންކްލޫސިވް މޮޑެލެއް' ތައާރަފުކޮށް، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި 600 އެއްހާ ޓީޗަރުން ބޭނުންވާއިރު، ސުކޫލުތަކުގެ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ފުރިހަމަވާން ޖެހޭނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

އަތޮޅުތެރޭގައި ވެސް މާލޭގައި ވެސް އެންމެ ފުރިހަމަ ވަސީލަތްތަކެއް ގާއިމުކުރެވިފައެއް ނެތް. ރައީސްގެ މެނިފެސްޓޯގައި ފާހަގަކުރައްވައިފައިވާ ފަދައިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެއްޓޭތޯ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށް ނިންމައިފައިވާއިރު، ވަސީލަތާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

ސުކޫލުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ބާކީކޮށް، އެ ކުދިންނަށް އެކަށީގެންވާ އަޅާލުން ނުލިބޭ ކަމުގެ ޝަކުވާތައް ބެލެނިވެރިން ކުރެއެވެ.

comment ކޮމެންޓް