ރާއްޖޭގެ އިގުތިސާދަށް ބަންގްލަދޭޝްގެ މީހުން ކޮށްދެމުންދާ މަސައްކަތް ޒަމީރު ފާހަގަކުރައްވައިފި

ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ބަންގްލަދޭޝް ހައިކޮމިޝަން

ރާއްޖޭގެ އިގުތިސާދަށާއި މުޖުތަމައަށް ބަންގްލަދޭޝްގެ ރައްޔިތުން ކޮށްދެމުންދާ ބުރަ މަސައްކަތް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފާހަގަކުރައްވައިފިއެވެ.

މިނިސްޓަރު ޒަމީރު މިކަން ފާހަގަކުރައްވާފައި ވަނީ ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމަށް، ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމާއި ރާއްޖޭގެ އިގުތިސާދާއި މުޖުތަމައަށް ބަންގްލަދޭޝްގެ ރައްޔިތުން ކޮށްދެމުންދާ މުހިންމު ޚިދުމަތްތައް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ބަންގްލަދޭޝް ހައިކޮމިޝަން

ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ އެކްޓިން ހައި ކޮމިޝަނަރު މުހައްމަދު ސޮހެލް ޕަރުވޭޒް ވަނީ އެ ގައުމުގެ މިނިވަންކަމަށް ފުރާނަ ދޫކޮށްލި ހިތްވަރުގަދަ ހަނގުރާމަވެރިންނާއި ޝަހީދުންގެ ހަނދާން އައު ކުރައްވައިފައެވެ. މިނިވަންވުމަށްފަހު އެ ގައުމު ކުރިއަރައި ގޮސްފައިވާ ގޮތް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ހުރިހާ ދާއިރާއަކުންވެސް ރާއްޖެއާއެކު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އޭނާ ވަނީ ވާހަކަދައްކާފައެވެ.

ބަންގްލަދޭޝްގެ 54 ވަނަ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ބަންގްލަދޭޝް ހައިކޮމިޝަން

އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް