ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލުމަށް އިޓަލީން ގޮވާލައިފި

އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއާ ޓަޖާނީ. ފޮޓޯ/ރޮއިޓާސް

ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުމަށް އިޓަލީން ގޮވާލައިފިއެވެ.

އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއާ ޓަޖާނީ ވަނީ ޣައްޒާއަށް ފުދޭވަރަށް ހަމަލާ ދެވިއްޖެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދެން ބޭނުމެއް ނޫން ފަލަސްތީނުގެ ރައްޔިތުންނަށް ތަކުލީފު ލިބޭތަން ދެކޭކަށް," ސިސިލީއަށް ކުރެއްވި ދަތުރެއްގައި ތަޖާނީ ވިދާޅުވިއެވެ.

"ހަނގުރާމަ ނިމުމަމަކަށް ގެންނަމާ.ރަހީނުން މިނިވަން ކުރަމާ.ނަމަވެސް މިނިވަން ކުރާނީ ހަމައެކަނި ހަމާސްގެ ޝިކާރައަކަށް ވެފައިވާ މީހުން,"

ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަމާސް ބަލިކޮށް ނައްތާލުމުގެ މަޤްޞަދުގައި ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކުރުމުގެ ފުރަތަމަ މަރުހަލާ ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

ޖެނުއަރީ މަހު ދެ މަސް ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށްފަހު އަލުން ހަމަލާތައް ދޭން ފެށީ މިދިޔަ މާޗު މަހު 18 ވަނަ ދުވަހެވެ.

އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާ ދިނީ މާޗު 18 ވަނަ ދުވަހުއެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި ހުކުރު ދުވަހު އެކަނިވެސް ޣައްޒާގެ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ހޮނިހިރު ދުވަހު އިތުރު 10 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.

ހަމަލާތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ އެތައް ބަޔަކު ޣައްޒާގައި ތިބި ނަމަވެސް އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުންވެސް ހުއްޓުވާފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގައި މިހާތަނަށް 53،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް