ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.
މާދަމާ ބާއްވާ މި ޕެނަލް ޑިސްކަޝަނަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި މީޑިއާއަށް އޭއައިގެ ސަބަބުން ކުރާ އަސަރާއި ގުޅޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަނެކެވެ.
މި ޑިސްކަޝަންގައި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާއިރު، ތިން ޕެނަލަކުން ތިން މައުޟޫއަށް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ވާހަކަދައްކާނެ މައުޟޫއާއި ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
ޕެނަލް އެކެއް - އާޓިފިޝަލް އިންޓެލިޖެންސްއާއި ނޫސްވެރިކަން: ގޮންޖެހުންތައް އަދި ބެލެންސް ހޯދުން.
- ޖަވާބު އެކަޑަމީގެ ސީއީއޯ މުޙައްމަދު ޖައިލަމް
- މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒު
- ދައުރު ނޫހުގެ އެޑިޓަރު އަޙުމަދު ނާއިފް
- ނުކުތާގެ ސީއީއޯ އާލިމް އަބްދުއްލަތީފް
- ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ ޑރ. އަހުމަދު ޒަކީ ނާފިޒު
ޕެނަލް ދޭއް - އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަން: ފުރުޞަތުތަކާއި ހުރި ނުރައްކާތައް.
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކޮމިޝަނަރު އާމިނަތު ނުޒުހާ
- މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނަޒީފް
- މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓިޖިސްޓް ހަސަން ޒިޔާއު
- މާއްދާ ހަތަރެއްގެ އެޑިޓަރު އަލީ ސުލައިމާން
- އޮކްސިކާ، ސައިންޓެކްސްގެ ފައުންޑާ، ކޯ ފައުންޑާ، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ކަލީމް
ޕެނަލް ތިނެއް - ޑިޖިޓަލް މީޑިއާގައި އޭއައި ގެ ބޭނުންކުރުން، އަޚްލާޤީ މިންގަނޑުތަކާއި ޤާނޫނީ ނަތީޖާ އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން.
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުޙައްމަދު
- ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝައްމާން
- ނިއުސްރޫމްގެ އެޑިޓަރު ޢަލީ ނިޝާން
- މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤު
- ވިމެން އިން ޓެކްގެ ރައީސް ނަހްޒާ އިބްރާހީމް
މި ޕެނަލް ޑިސްކަޝަން އޮންނާނީ މާދަމާގެ 14:00 އިން 16:30އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހޯލުގައެވެ. ޕެނަލް ޑިސްކަޝަންގެ ބެލުންތެރިންގެ ގޮތުގައި މީޑިއާތައް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.