ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ތަޖުރިބާކާރުންގެ އަގު ވަޒަން ކުރާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2025ގެ އިވެލުއޭޝަން ނޭޕާލުގެ ވެރިރަށް ކަތaމަންޑޫގައި ފަށައިފިއެވެ.
ނޭޕާލުގައި އިވެލުއޭޝަން ފެށީ ސްރީލަންކާގެ ކޮލޮމްބޯއާއި އިންޑިޔާ ބެންގަލޫރާއި ނިއު ދިއްލީގައި އިވެލުއޭޝަން ބޭއްވުމަށްފަހުގައެވެ.
ނޭޕާލުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަންތައް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހާ ހަމައަށެވެ. އެއަށްފަހު ޖަޖުން ދާނީ ބުޓާންގެ ޕާރޯއަށެވެ. އެއަށްފަހު، މި ސަރަހައްދުގެ އިތުރު ސިޓީތަކުގައި ވެސް އިވެލުއޭޝަން ކުރިޔަށްގެންދާނެއެވެ.

ސާޓާގެ އިވެލުއޭޝަން ކަތުމަންޑޫގައި ވަނީ ފަށާފައި -- ފޮޓޯ/ ސަޓާ
ސަޓާއަކީ ދެކުނު އޭޝިޔާގެ އެކި ހިސާބުތަކަށް ސީދާ ގޮސްގެން އިވެލުއޭޝަންތައް ކުރިއަށް ގެންދާ ހަމައެކަނި ދަތުރުފަތުރުފަތުރުގެ އެވޯޑެވެ. އަދި މީގައި ބައިވެރިވުމަށް ނުވަތަ އިވެލުއޭޝަން ޕްރޮސެސްއަށް އެއްވެސް ފީއެއް ވެސް ނުނަގައެވެ.
ގިނަ ގައުމުތަކުން އެކުލެވޭ ޚާއްސަ ޖަޖުންގެ ޕެނަލެއް އަށް ސިޓީއަކަށް ދަތުރުކޮށް، ނޮމިނޭޓްވެފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އެންޓްރީތައް ސީދާ ހުށަހެޅުމުގެ ފުރުސަތު ދެއެވެ. އަދި ޖަޖުންގެ މާކުހާއެކު ދެކުނު އޭޝިޔާގެ ހޮސްޕިޓާލިޓީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހާމަކުރެއެވެ.
މިއީ ސަޓާގެ ނުވަވަނަ އެޑިޝަނެވެ. މި އަހަރުގެ އެވޯޑު ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެންބަރުގައި ސްރީލަންކާގައެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ސަޓާ ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއަށް ކޮށްފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރާ އެންމެ އިސް އެއް ޕްލެޓްފޯމަށް ވެފައެވެ.
ސަޓާ އެވޯޑްސްއިން ފާހަގަކުރަނީ ފަތުރުވެރިކަމުގެ ގިނަ ދާއިރާތަކެއްގައި ދެވޭ ޚިދުމަތުގެ ރަނގަޅު ފެންވަރެވެ. އޭގެ ތެރޭގައި ހޮޓާތަކާއި ރިސޯޓުތަކުން ފެށިގެން ޚިދުމަތްދޭ ފަރާތްތަކާއި އައު ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ވެސް ހިމެނެއެވެ.
މި އަހަރުގެ އިވެލުއޭޝަންތައް ނިމޭނީ ސަޓާ 2025ގެ ގާލާ ހަފުލާާއާ ހަމައަށެވެ. އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 19އިން 20އަށް، ސްރީލަންކާގެ ނެގޮމްބޯގައެވެ. ވަނަވަނައަށްދާ ފަރާތްތައް އިއުލާންކުރުން އޮންނާނީ މި ހަފުލާގައި ވިޔަފާރީގެ އިސްވެރިންނާއި، ސަރުކާރުތަކުގެ ބޭފުޅުންނާއި، ބައިނަލްއަގުވާމީ މީޑިއާގެ ހާޒިރުގައެވެ.