"ކިޑްސް އެތުލެޓިކްސް ޑޭ" އާއި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "ރޭސާސް އެމްވީ" އިން ބޭއްވި "ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ" ހަރަކާތަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މެޑިކަލް ޕާޓްނަރެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެތްލެޓިކްސް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަން ގުޅިގެން ރޭސާސް އެމްވީއިން އިންތިޒާމްކުރި އެ ހަރަކާތް ކުރިޔަށް ގެންދިޔައީ މިދޮޔަ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އިޖްތިމާއީ ޒިންމާގެ ދަށުން، މީގެ ކުރިން އޫރީދޫ ފަން ރަންއާއި ދިރާގު ރޯޑް ރޭހުގެ އިތުރުން މޯލްޑިވްސް ހާފް މެރަތަން އަދި އެހެނިހެން ގިނަ ހަރަކާތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުޑަކުދިންގެ އެތްލެޓިކްސް ހަރަކާތަށް ޓްރީ ޓޮޕުން އެހީތެރިކަން ފޯރުކޮށްދީފި --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް
އެ ހޮސްޕިޓަލުން ވަނީ މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭއްވޭ މިފަދަ ހަރަކާތްތަކަށް އެ ހޮސްޕިޓަލުން އަބަދުވެސް މަރުހަބާ ކިޔާކަމަށް ބުނެފައެވެ. އަދި އެއާއެކު ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގަސްތުކުރާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއިން ބޭއްވި ކުޑަކުދިންގެ ހަވީރުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބައިވެރިވެ ހިލޭ ދަތުގެ ސްކްރީނިންގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެފަދަ ގިނަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ މުޖުތަމުއުގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ސިއްޙީ ގޮތުން ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ވިސްނުމުގައިކަން އެ ހޮސްޕިޓަލުންވަނީ ފާހަގަކޮށްފައެވެ.