އެޑްވަޓޯރިއަލް: ލޮލުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމުގައި އައިކެއަރއަށް 22 އަހަރު

އައިކެއަރ އޮޕްޓިކަލްސް: ލޮލުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރަމުންދާތާ 22 އަހަރު ވަނީ ފުރިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އައިކެއަރއަށް 22 އަހަރު ފުރުން ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކުރާއިރު، މިހާ ހިސާބަށް ވާސިލުވުމަށް ކުރި ދަތުރަށް ބަލައިލުން މުހިންމެވެ. އެންމެ އޮޕްޓިކަލް އައުޓްލެޓަކާއެކު އައިކެއަރއިން ފެށި ޚިދުމަތް މިހާރު ވަނީ މުޅި ގައުމުގެ އެކި ކަންކޮޅުތަކަށް ފޯރައިފައިވާ ވިއުގައެއް ގޮތަށް ފުޅާވެފައެވެ. އެގޮތުން އައިކެއަރގެ 10 އޮޕްޓިކަލް ޝޯރޫމާއި ދެ ހޮސްޕިޓަލުން، މުޖުތަމައުގެ އެންމެންނާ ގާތުން، އޯގާތެރިކަމާއެކު ޚިދުމަތް ދެމުންދެއެވެ.

ފާއިތުވި އަހަރުތަކުގައި އައިކެއަރއިން ވަނީ ދިވެހީންގެ އިތުބާރު ހޯދައިފައެވެ. އެއީ، އައިކެއަރގެ ފަންނީ ގާބިލުކަން އިތުރުކޮށް، ލޮލާ ގުޅުންހުރި ފެންވަރު ރަނގަޅު ފަރުވާ ގިނަ ބަޔަކަށް ލިބޭނެ މަގު ފަހިކޮށްދީ، މުޖުތަމައުގެ އެންމެންނަށް ވެސް ވާސިލުވެ ޚިދުމަތްތައް ފޯރުކޮށްދީގެންނެވެ.

އައިކެއަރއިން މީހުންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ފަދަ ކެޓެރެކްޓް ސާޖަރީން ފެށިގެން، އެކި ބާވަތްތަކުގެ ޒަމާނީ އައިނު ފޯރުކޮށްދޭއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަގުސަދަކަށް ވެފައި އޮތީ ކޮންމެ ކަސްޓަމަރެއްގެ ވެސް ލޮލަށް އެންމެ ރަނގަޅު ގޮތެއް ޚިޔާރުކުރުމެވެ.

އައިކެއަރ އޮޕްޓިކަލްސް: އައިކެއަރއަށް 22 އަހަރު ފުރުމާ ގުޅިގެން ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އައިކެއަރއަށް 22 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރާއިރު މިއީ ކާމިޔާބީތަކާ ގުޅޭ ގޮތުން އުފާ ފާޅުކުރުމުގެ އިތުރުން، ކަސްޓަމަރުން ކުރާ އިތުބާރާއި، އަޅުގަނޑުމެންގެ ޓީމުގެ ޖޯޝާއި، އައިކެއަރގެ ބައިވެރީންނާއެކު އުފެދިފައިވާ ގުޅުން ވެސް ފާހަގަކުރާނެ މުނާސަބަތެކެވެ.

އައިކެއަރގެ މި ދަތުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް މި ކުންފުނިން ވަރަށް ބޮޑަށް ޝުކުރެވެރިވަމެވެ. އަދި މުސްތަގުބަލުގައި ވެސް އައިކެއަރ ދެމިއޮންނާނީ، އީޖާދީ ވިސްނުމާއި، އެންމެންނަށް ވެސް ފެންވަރު ރަނގަޅު ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގައި ސާބިތުވެކަމުގެ ޔަގީންކަން ދެމެވެ.

އައިކެއަރގެ އުއްމީދަކީ، ފާއިތުވި އަހަރުތަކާ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން ކުރިއަށްދިޔުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު