ނ. ފޮއްދުއަށް ނިސްބަތްވާ އުމުރުން ފަސް މަހުގެ ތުއްތު އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މިއަދު މަރުވިއިރު، އެކަމުގައި ނ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލައެއް ހެލްތު މިނިސްރީން މިއަދު ބަލަން ފަށައިފިއެވެ.
އެ ތުއްތު ކުއްޖާ ފޮއްދޫ ސިއްހީ މަރުކަޒުން އެންމެ ފުރަތަމަ ވެލިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ ހުން އައިސް، ގާތުން ނުބުއިމުގެ ސަބަބުންނެވެ. ވެލިދޫ ސިއްހީ މަރުކަޒުން އެ ކުއްޖާގެ ހާލަތު ކްރިޓިކަލް ކަމަށާއި، މާލެ ގެންދަން ލަފާ ދިން ކަމަށްވެއެވެ.
ނަމަވެސް ޕްރޮސީޖާ އޮންނަ ގޮތުން ދެން އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް ފުރަތަމަ ގެންދިޔައީ ނ. އަތޮޅުގައި ވެރިކަން ކުރާ މަނާދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި 24 ގަޑިއިރު ވީއިރު ކުއްޖާ މާލެ ގެންދަން ލަފާ ދިނީ މިއަދު ހެނދުނު ކަމަށް އާއިލާއިން ބުނެއެވެ.
ނަމަވެސް ކުއްޖާ މާލެ ގެނައުމަށް އެއާ އެމްބިއުލާންސް ހަމަޖެހުނުއިރު ކުއްޖާ މަރުވެއްޖެ ކަމަށް އާއިލާއިން ބުނެއެވެ.
"ސަން" އަށް މައުލޫމާތު ހިއްސާކުރަމުން ފަސް މަހުގެ ކުއްޖާގެ ބައްފަ, އިދުހާމް ވަނީ ނ. އަތޮޅު ހޮސްޕިޓަލަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ވަރަށް ބައިވަރު ކަންކަން ހޮސްޕިޓަލުން އޮޅުވާލައި، ދޮގު ހެދި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
ދަރިފުޅު ވަޅުލުމުގެ ކަންކަން ކުރަމުންދާތީއާއި، އާއިލާއަށް މިވަގުތު ވާހަކަ ހިއްސާކުރުމަށް ދަތިވާތީ، މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.
ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތް "ސަން" އާ ހިއްސާކުރައްވައި ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ނ. އަތޮޅު ހޮސްޕިޓަލުން ކުއްޖާއަށް ދޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ބުނީ ވެސް މާ ލަހުން ކަމަށެވެ. އޭރު ވެސް ކުއްޖާގެ ހާލަތު ދަނީ ދަށްވަމުން ކަމެއް ޑޮކްޓަރުން ނުބުނާ ކަމަށާއި، 24 ގަޑިއިރުވިއިރު ކުއްޖާގެ ހާލަތާ މެދު ގޮތެއް ނިންމުން ލަސްވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
ހޮސްޕިޓަލްގެ މެނޭޖަރަށް ފޯނުކުރައްވައި އެހި ފަހުން، ޑޮކްޓަރުގެ ލިޔުން ތައްޔާރުކުރީ ވެސް މިއަދު ހެނދުނު ކަމަށް އައްބާސް ވިދާޅުވިއެވެ.
އެއާއެކު ވަގުތުން 11:50ގައި އެޕްރޫވަލް ލިބި، ކުއްޖާ މާލެ ފޮނުުވުމުގެ އެންމެހާ ތައްޔާރީތައް ހަމަޖެހުނުއިރު ކުއްޖާ ނިޔާވެއްޖެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެއީ ނ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެވެ. މަނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުން އެކަން ސީރިއަސްކޮށް ނުބެލުމުން ވީ ގޮތެއް ކަމަށް އައްބާސް ތުހުމަތުކުރެއްވިއެވެ.
"ރޭންސުރެ ވެސް އެބަ ޔަގީންވޭ ކުއްޖާގެ ހާލަތު ދަށްކަމަށް. ކަނޑު ވެސް ގަދައެއް ނޫން. ސީ އެމްބިއުލާންސް ވެސް އެބައޮތް. އެކަމު ހަމަ ޑޮކްޓަރުން ފަރުވާ ކުޑައީ ހޮސްޕިޓަލްގެ. މިއީ ހަމަ ސީދާ ނ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު،" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވަނީ އެ މައްސަލައިގައި ޒިންމާވަނީ ކާކުތޯ ސުވާލުއުފައްދަވައިފައެވެ. އަދި އެކަމާ ނުރުހުން ފާޅުކުރައްވައިފައިވެއެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ނ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު ރިލްވާން ވިދާޅުވީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
މަނަދޫ---
ފުރަތަމަ ކަމަކަށް އެ ހޮސްޕިޓަލުގައި ތުއްތު ކުއްޖާ 24 ގަޑިއިރު ވެސް ނުވާ ކަމަށާއި އެންމެ ފުރަތަމަ އެ ހޮސްޕިޓަލަށް ގެނައީ ވެސް ރޭ 2:50 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. ވަގުތުން އައިޖީއެމްއެޗާ އެ ކޭސްގެ މައުލޫމާތު ހިއްސާކޮށް، ފަސް ގަޑިއިރު ނުވަނީސް ކޭސް ޑިސްކަސްކޮށް ގޮތެއް ނިންމި ކަމަށް ވިދާޅުވިއެވެ.
އަދި ކުއްޖާ މާލެ ގެންދިޔުމަށް އިމަޖެންސީ އިވެކުއޭޝަން ފޯމާއި ހުރިހާ ކަމެއް ހަމަޖައްސައި އާސަންދައަށް ހުށަހެޅުމުން 10:38ގައި އާސަންދައިން އެކްސެޕްޓްކޮށް، ދަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ރިލްވާން ވިދާޅުވިއެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްޖާ ނިޔާވީ 12:35ގައެވެ.
ރިލްވާން ވިދާޅުވި ގޮތުގައި އެ ކޭސް އެ ހޮސްޕިޓަލުން ބެލީ ވެސް، އެ ހޮސްޕިޓަލުގައި މިވަގުތު ހުރި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލަންޖެހޭ ދަތުރުކުރެވޭ ހާލަތަށް ޕެޝަންޓު ސްޓޭބަލްތޯ ވެސް. ޕޭޝަންޓުގެ ފުރާނައާ ރައްކާތެރިކަން އިސްވާނީ،" ރިލްވާން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، އެކަން ބަލަމުން ދާ ކަމަށެވެ.
comment އައްބާސް
2 week 1 day ago
ވެލިދޫ ހެލްތް ސެންޓަރއަށް ގެންދަން ޖެހުނީ ކީއްވެތޯ؟
comment މަގޭ
2 week 1 day ago
އަދިވެސް ރަށްފުށުގައި ބަލަނީ ހެލްތު ސެންޓަރުގެ ލެވެލް 4 5 6 ކިޔާ އަތް ޖަހަން! މިގަމާރު ތަކަކަށްނޭނގޭ ތިޔައިން ތަނަކުން ދެވޭ އެއްވެސް ފަރުވާއެއް ނެތްކަމެއް. ތިޔަ ހޮސްޕިޓަލް ތަކަކީވެސް ބޭކާރު ތަން ތަން. ކަމެއް ޖެހޭއިރު ދެވޭނެ އެއްވެސް ފަރުވާއެއް ނުހުންނާނެކަން އެންމެންނަށް ވެސް އެނގޭ. ދެން ކީއްކުރަން ބަލި މީހާ ރިސްކް ނަގަން ތިތަންތަނުގައި އަނބުރަނީ؟ އާދެވުނު ގޮތަކަށް އަވަހަށް މާލެ އައުން ސޭފް ވާނީــــ އޭރުން ކޮންމެ ވަގުތަކުވެސް ފުރައިގެން ބޭރަށް ވެސް ދެވޭނީ. ބޮޑު ބއްޔެއްވެ މާލޭގެ ހޮސްޕިޓަލަކުން ފަރުވާކޮށް ރަނގަޅުވި އެންމެ އިންސާނެއްވެސް އަދި އަހަރެންނާއި ދިމާނުވޭ! ހަމަ ހުވާކޮށްފަ މިބުނީ އެއްޗެއް ދަންނަ ޑޮކްޓަރެއްވެސް މި ދިވެހި ފަސްގަނޑުން ނުދެކެން. ދެން ހިތުލަފަޔަށް އެކި އެކި ބޭސްތައް ދީ މީހުންގެ ދުވަސް ދުއްވާލަނީ. ޝިފާ ނުލިބޭ. މި މެސެޖު ކިޔާ ފަރާތް ތަކުން އަޅެ ބުނެބަލަ ތިޔައިން މީހަކު ބައްޔެއް ޖެހި
comment ޟަ
2 week 2 day ago
ބަލިމީހާގެ ހާލު ސީރިއަސްނަމަ ތިޔަ ފޯމުތައް ފުރަފުރަ ނުތިބެ ފަރުވާ ލިބޭނެ ތަނަކައް އަވަހަށް ފޮނުވާލުމައްފަހު ފޯމުތަކާގެން އުޅޭނަމަ
comment އިދުރީސް
2 week 2 day ago
މަނަދޫ ވީމަ އަޢްބާސްމެން ޒާތީވަނީ ހެދީ ހުސްދޮގު
reply ދޮގު ހުސް
2 week 2 day ago
ރޭގަ 2:50 ގަ ގެނައި އެކުއްޖާ
comment ޒާލިމް
2 week 2 day ago
އައްބާސް އަކީ ވަރައް ބޮޑު ދޮގުވެރިއެއް. ކުއްޖާގެ ބެލެނި ވެރިޔާއައް އެނގޭނެ މަނަދޫ ހޮސްޕިޓަލް އިން ކަންކުރި ގޮތް. ކުޑަކުދިންގެ ހާއްސަ ޑޮކުޓަރު މަނަދޫގަ ހުއްޓަ ކީކުރަން ވެލިދޫ އައް ގެންދަންވީވެސް.