މި އަހަރަކީ، މުޅި ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަމަށް ޓަކައި، ކުލުނާއި އީޖާދީ ވިސްނުމާއެކު އައިކެއަރއިން މަސައްކަތް ކުރާތާ 22 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ. އައިކެއަރގެ ޚިދުމަތްތައް ފެށިގެން އައީ އެންމެ އޮޕްޓިކަލް އައުޓްލެޓަކުން ނަމަވެސް މިހާރު އައިކެއަރގެ 10 އޮޕްޓިކަލް ޝޯރޫމާއި ދެ ހޮސްޕިޓަލް ހުރެއެވެ.
އައިކެއަރގެ މި މޭލުގާ ފާހަގަކުރުމަށް ޓަކައި، ވަރަށް ޚާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތަކާއެކު އެއް މަހުގެ ކެމްޕޭނެއް ކުރިއަށްގެންދަން ވަނީ ރާވައިފައެވެ. އެ ހަރަކާތްތަކުގެ މަގުސަދަކީ އައިކެއަރގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، މުޖުތަމައުއާ އޮންނަ ގުޅުން އިތުރުކޮށް، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމެވެ.
އެނިވާސަރީއާ ގުޅިގެން ތައާރަފުކުރާ ޚާއްސަ އޮފާތައް
އައިކެއަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކްސްކޫލިސް ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާނެއެވެ. މިއީ އައިކެއަރއިން ނަންބަރު އައިނާއި އަވިއައިނާއި އެހެނިހެން އުފެއްދުންތައް ވެސް އަގުހެޔޮކޮށް ގަންނަން ލިބޭނެ ފުރުސަތުތަކެކެވެ.
އައިކެއަރ އައުޓްލެޓްތަކުގެ ހުރިހާ އުފެއްދުންތަކުން، ދެ ދުވަހަށް 22 ޕަސެންޓް ޑިސްކައުންޓް
އައިކެއަރގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައި، މި މަހުގެ 22އާއި މި މަހުގެ 24ގައި ހުރިހާ އުފެއްދުމަކުން ފްލެޓް ރޭޓް ޑިސްކައުންޓެއް ލިބޭނެއެވެ.

އައިކެއަރ އޮޕްޓިކަލްސް: އައިކެއަރއިން ވިއްކާ އަވިއައިނުތަކެއް -- ސަން ފޮޓޯ
ފްރޭމްތައް 490 ރުފިޔާއަށް - މެއި މަހުގެ 24އިން ފެށިގެން
މީގެ ކުރީން ވެސް އައިކެއަރގައި ތައާރަފުކުރުމުން ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލުވި މި އޮފާގެ ދަށުން، އައިކެއަރގެ ބައެއް ފްރޭމްތައް 490 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މިއީ އައިކެއަރގެ ފެންވަރު ރަނގަޅު އުފެއްދުންތައް އަގު ހެޔޮކޮށް ގަންނަން ލިބުމުގެ ފުރުސަތެކެވެ.
3،000 ރުފިޔާއަށް ވުރެ އަގު ބޮޑު ފްރޭމްތަކުން 1،500 ރުފިޔާގެ ޑިސްކައުންޓެއް - މެއި މަހުގެ 24އިން ފެށިގެން
އައިކެއަރގެ ޕްރީމިއަމް އުފެއްދުންތަކުން ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަންގެ ދަށުން، 3،000 ރުފިޔާއަށް ވުރެ އަގު ބޮޑު ކޮންމެ ފްރޭމަކުން 1،500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އައިކެއަރ އޮޕްޓިކަލްސް: ލޮލުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރަމުންދާތާ 22 އަހަރު ވަނީ ފުރިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ސަނީ ސަޓަޑޭސް - ސްޕެޝަލް އެޑިޝަން - މެއި މަހުގެ 24އިން ފެށިގެން
މި ކެމްޕެއިން ކުރިއަށްދާ މަސް ދުވަސް ތެރޭގައި، ކޮންމެ ހޮނިހިރު ދުވަހަކު ބައެއް އަވިއައިނު 990 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މިއީ ހޫނުގަދަ ދުވަސްތަކުގައި އިރުގެ އަވިން ލޯ ރައްކާތެރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ޒަމާނީ ސްޓައިލްތައް ފޯރުކޮށްދިނުމުގެ އިތުރުން، އައިކެއަރގެ ސްޓޮކް އައު ކުރުމަށް ވެސް ހިތްވަރަކަށް ވާނެ ޕްރޮމޯޝަނެކެވެ.
އައިކެއަރއިން 22 އަހަރުގެ ކާމިޔާބީ ފާހަގަކުރާއިރު، މި ކުންފުނީގެ ތަސައްވުރަށް ބަދަލެއް ނާދެއެވެ. އައިކެއަރ ދެމިއޮންނާނީ ޚިދުމަތްތައް ރަނގަޅުކޮށް، އިތުރު ފަރާތްތަކަށް އެހީ ފޯރުކޮށްދީ، ލޮލުގެ ދުޅަހެޔޮކަމުން މުޅި ހަޔާތަށް ވެސް ހެޔޮ ބަދަލެއް ގެނެސްދިނުމުގައި ސާބިތުވެއެވެ.
އައިކެއަރގެ ދަތުރު ކުރިއަށްދާނީ އައު އަމާޒުތަކާއެކު، ޚިދުމަތް ހޯދާ ފަރާތްތަކާ މިހާރަށް ވުރެ ވެސް ގާތް ގުޅުމެއް އުފެއްދުމުގެ އުއްމީދުގައެވެ.
އައިކެއަރގެ 22 އަހަރުވީ މި ދަތުރުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން ކުރިއަށްދާން އުއްމީދުކުރަމެވެ.