ނިއުމާ އަލުން މާލެ ބަދަލުވީތަ؟

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މި އަހަރުގެ ކުރީކޮޅުގައި މާލެއިން ދިރިއުޅުން އަތޮޅުތެރެއަށް ބަދަލުކުރި މަޝްހޫރު ތަރި ނިއުމާ މުހައްމަދު އަލުން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ތަރި ކަމަށްވާ ނިއުމާ ފިލްމީ ދާއިރާއިން އެއްކޮށް ދުރުވެ, މާލެއިން ދިރިއުޅުން ދޫކޮށްލައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް ހާމަކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.

ނިއުމާ ބުނެފައިވަނީ، އެތައް ޒަމާނެއް ވަންދެއް ދިރިއުޅެމުން އައި މާލެ ދޫކޮށްލުމަށް ފަހު އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ދިރިއުޅުން ބަދަލުކޮށްފައިވަނީ ކޮން ތަނަކަށް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބުނުގޮތުގައި އޭނާގެ ދިރިއުޅުން ބަދަލުކުރީ ފ. ނިލަންދުއަށެވެ. އޭނާގެ ދިރިއުޅުން މާލެއިން ދުރަށް ބަދަލުކޮށްފައިވަނީ އޭނާގެ ދަރިފުޅު ޒޯޔާ ހަސަންއާ އެކުގައެވެ.

މިހާރު އޭނާ ވަނީ އަލުން ދިރިއުޅުން މާލެއަށް ބަދަލުކޮށްފައެވެ. މީގެ ދެތިން ހަފުތާއެއް ކުރީން ނިއުމާ ވަނީ އެޕާޓްމެންޓެއް ހޯދުމަށްވެސް މަސައްކަތްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުމާ މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ މާލެއިން ވަޒީފާއެއް ލިބުމާ ގުޅިގެންނެވެ. ނަމަވެސް ލިބިފައިވާ ވަޒީފާއާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނިއުމާއަކީ 1994 ވަނަ އަހަރުން ފެށިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އައި ތަރިއެކެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައިވަނީ "ހިތި ތަޖުރިބާ" ނަމަކަށް ކިޔާ ޑްރާމާ ޝޯއަކުންނެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި އެތައް ފިލްމުތަކާއި ޓީވީ ޝޯތައް އަދި މިއުޒިކް ވީޑިއޯތައް ކުޅެފައިވާ ނިއުމާ އެކްޓިން ދޫކޮށްލާފައިވަނީ 2019 ވަނަ އަހަރެވެ. އެއަށް ފަހު އޭނާ އަމިއްލަ ސްޓޫޑިއޯއެއް ތައާރަފުކޮށް ފުރަތަމަ ފިލްމެއް ނެރެފައިވަނީ 2023 ވަނަ އަހަރެވެ.

comment ކޮމެންޓް