ޓޫ އޮފް އަސްގެ ފޯރިގަދަ ހަރަކާތަކާއެކު، ގަވިންގެ އައު ފިހާރަ ހުޅުވުން ބުދަ ދުވަހު

ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑް --

މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އަދި ކާމިޔާބު ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ޓޫ އޮފް އަސްގެ ހުށަހެޅުންތަކާއެކު، ގަވިންގެ އައު ފިހާރަ ހުޅުވަން ތައްޔާރުވެއްޖެއެވެ.

މާލޭގައި ގަވިންގެ އައު ފިހާރަ ހުޅުވަނީ މިވަގުތު ގަލޮޅުގައި ހުރި ޝޯރޫމް ބަދަލުކުރުމުގެ ގޮތުންނެވެ. އެގޮތުން އައު ފިހާރާ ހުޅުވަނީ މަޖީދީ މަގުގައި ކުރީގެ ސްޓާ ސިނަމާ ކުރިމަތި، އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައެވެ.

އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ބުދަ ދުވަހުގެ 20:00ގައެވެ.

ގަވިންއިން ވަނީ އެ ރަސްމިއްޔާތަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮތްކަން ފާހަގަކޮށް، ދައުވަތު ދީފައެވެ.

އެ ރަސްމިއްޔާތު ފަޅުފިލުވައިދޭ ޓޫ އޮފް އަސްއަކީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ދެވަނަ ރަނަރަޕްކަން ހޯދި ބޭންޑެވެ.

ގަވިންއިން ހުރިހާ ފަރުނީޗަރެއް ވެސް ލިބެން ހުންނާނެ --

މީގެ ހަތް އަހަރު ކުރީން ހަމައެކަނި ވަޑާންކުރުމުގެ މަސައްކަތުން ފެށި ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.

ގަވިން ޝޯރޫމް މެދުވެރިކޮށް ބަދިގޭ ސާމާނާއި ނިދާ ކޮޓަރިއަށް ބޭނުންވާ އެނދާއި ލިވިންރޫމަށް ބޭނުންވާ ސޯފާގެ އިތުރުން އެހެން ހުރިހާ ފަރުނީޗަރެއް ވެސް އެއްތަނަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

މީގެ އިތުރުން، ވަޑާމުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ބޭނުންވާ ހުޅާއި އިސްކުރުފަދަ ހުރިހާ އެއްޗެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.

ގަވިންގެ ޝޯރޫމެއް ހުޅުމާލޭގައި ވެސް ހުރެއެވެ. ރީތިގަސް މަގުގައި ހުންނަ އެ ޝޯރޫމަށް ގުޅޭނެ ނަމްބަރަކީ 9588899އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00އިން ފެށިގެން ރޭގަނޑުގެ 22:00އަށް ގަވިން ހުޅުވާފައި ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު