ދިރާގު 'މާލެ އޯޕަން 2025' ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން މުބާރާތެވެ.
މިދިޔަ ހޮނިހިރު ދުވަހު ސްވިމް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރި ވެވޭގޮތަށް ހުޅުވާލައިގެން ބާއްވައިފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި 350 ފެތުންތެރިން ބައިވެރިވިއިރު، 340 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ރޭސް ފުރިހަމަކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި މި ފެތުމުގެ މުބާރާތުގެ މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި މުބާރާތުގައި އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި، ޕެރައޮލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ އެންމެ ޚާއްސަ އެއް ފެނިލުމަކަށް ވެގެންގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ، އެޑަމް ވޯކާގެ ބައިވެރިވުން ކަމަށް ދިރާގުން ބުންޏެވެ. އެޑަމް ވޯކާ ވަނ މި އިވެންޓުގައި ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުދީ، އޭނާގެ ތަޖުރިބާ ހިއްސާކޮށްފައި ކަމަށް ދިރާގުން ބުންޏެވެ.

"ދިރާގު މާލެ އޯޕަން 2025" މުބާރާތް ނިންމާލައިފި: 350 ފެތުންތެރިން ބައިވެރިވި -- ފޮޓޯ/ ދިރާގު
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ، 'ކޮމްޕެޓިޓިވް 1 ކިލޯމީޓަރު ކެޓަގަރީ' އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ޚާއްސަ 'ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީ'އެވެ.
ދިރާގު މާލެ އޯޕަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިން
10-12 އަހަރާ ދެމެދު/ ފިރިހެން
- އެއްވަނަ: އިބްރާހީމް ޔުއާން ޝަމީމް (18:07:11)
- ދެވަނަ: މިކައިލް ލައެލް ޢަބްދުލްޢަލީމް (20:24:98)
- ތިންވަނަ: ނޫމާން މުޙައްމަދު ނަސީފު (20:25:88)
10-12 އަހަރާ ދެމެދު/ އަންހެން
- އެއްވަނަ: މަރްޔަމް އައިރާ ޝިރްމީލް (18:43:88)
- ދެވަނަ: ޢައެޝާ ޒަޔާހް ޙުސައިން (21:25:23)
- ތިންވަނަ: ޢަޝްޔާ އެއިލިޔާ ނާޒިމް (23:00:10)
13-14 އަހަރު/ ފިރިހެން
- އެއްވަނަ: އިސްމާޢިލް ހާމް ޙުސައިން (17:19:50)
- ދެވަނަ: މުޙައްމަދު އަލްޔަން ޝިފާން (17:20:89)
- ތިންވަނަ: އިބްރާހީމް ޖޫދް ޙުސައިން (17:22:83)

"ދިރާގު މާލެ އޯޕަން 2025" މުބާރާތް ނިންމާލައިފި: 350 ފެތުންތެރިން ބައިވެރިވި -- ފޮޓޯ/ ދިރާގު
13-14 އަހަރު/ އަންހެން
- އެއްވަނަ: އަލްޔާ އަޝްރަފް (18:59:53)
- ދެވަނަ: މަރްޔަމް މީސަމް ނިޔާޒް (19:06:52)
- ތިންވަނަ: ދާލިޔާ އައިޑާ ލަޠީފް (20:29:87)
15-19 އަހަރު/ ފިރިހެން
- އެއްވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒް (15:22:72)
- ދެވަނަ: ލޫޠު މުޙައްމަދު ޙުސައިން (15:29:17)
- ތިންވަނަ: ޔޫސުފް ޒިޔާން ޒާހިދު (15:37:33)
15-19 އަހަރު/ އަންހެން
- އެއްވަނަ: އަޔާނާ ޢަރީފް (17:19:83)
- ދެވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17:21:32)
- ތިންވަނަ: ލައިބާ ޙަސަން މަނިކު (17:30:97)
20-29 އަހަރު/ ފިރިހެން
- އެއްވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15:18:44)
- ދެވަނަ: އަޙްމަދު ޝާވީ ރާފިޢު (22:25:25)
30-39 އަހަރު/ ފިރިހެން
- އެއްވަނަ: މުޙައްމަދު ޢާމިރު (20:36:55)
- ދެވަނަ: މިންވާލް އިބްރާހީމް (23:05:97)
- ތިންވަނަ: ޢަބްދުالله ޢަބްދުއްރަޙީމް (24:41:58)

"ދިރާގު މާލެ އޯޕަން 2025" މުބާރާތް ނިންމާލައިފި -- ފޮޓޯ/ ދިރާގު
40-49 އަހަރު/ ފިރިހެން
- އެއްވަނަ: އާދަމް ޢަރީފް (22:27:73)
- ދެވަނަ: ޙުސައިން އިލްހާމް (23:09:60)
- ތިންވަނަ: އަޙްމަދު ފިރާސް ޢަފީފް (23:13:49)
50 އަހަރުން މަތި/ ފިރިހެން
- އެއްވަނަ: ޙުސައިން ރިޔާޒް (26:51:69)
- ދެވަނަ: ޢަބްދުއްޝަކޫރު (27:11:28)
- ތިންވަނަ: އަޙްމަދު ނިޔާޒް (29:46:44)
މުޅި މުބާރާތުން އެންމެ މޮޅު/ ފިރިހެން
- އެއްވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15 މިނިޓު 18.44 ސިކުންތު)
- ދެވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒު (15 މިނިޓު 22.72 ސިކުންތު)
- ތިންވަނަ: ލޫޠު މުޙައްމަދު ޙުސައިން (15 މިނިޓު 29.17 ސިކުންތު)
މުޅި މުބާރާތުން އެންމެ މޮޅު/ އަންހެން
- އެއްވަނަ: އަޔާނާ ޢަރީފު (17 މިނިޓު 19.83 ސިކުންތު)
- ދެވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17 މިނިޓު 21.32 ސިކުންތު)
- ތިންވަނަ: ލައިބާ ޙަސަން މަނިކު (17 މިނިޓު 30.97 ސިކުންތު)
ދިރާގަކީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.