ޒެޓާ މާޓް-ސިލެކްޓްގެ ނަމުގައި މުޅީން އައު ފިހާރައެއް މާލޭގެ ލޮނުޒިޔާރާތް މަގުގައި ހުޅުވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މި ފިހާރަ ރަސްމީކޮށް ހުޅުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމާން އާދަމެވެ.
މި ފިހާރައަކީ ޒެޓާ އެންޓަޕްރައިޒަސްއިން ރީޓެއިލް މާކެޓުގެ ތެރެއަށް އެޅި ފުރަތަމަ، ބޮޑު ފިޔަވަޅެވެ.

އެ ފިހާރައިން ވިޔަފާރިކޮށްލުމުގެ ތަފާތު ތަޖުރިބާއެއްގެ އިތުރުން، ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.
އެ ފިހާރައިން ގިނަ އަދަދެއްގެ މުދާ ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކައްކާ ސާމާނާއި، ގޭތެރެ ސާފުކުރާ ސާމާނާއި ކޮލިޓީ، މޮޅު، ޒީނަތްތެރިވާން ބޭނުންކުރާ ސާމާނު ވެސް ހިމެނެއެވެ.

ޒެޓާ އެންޓަޕްރައިޒަސް އުފެއްދީ ޖަނަވަރީ 19، 2016ގައެވެ. އެއީ ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޒެޓާ ޓެކްނޮލޮޖީސް، ޒެޓާ ޓުއާސް، ޒެޓާ ޑިވެލޮޕްމަންޓް އަދި ޒެޓާ މާޓު ވެސް ހިމެނެއެވެ.