މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އަދި ކާމިޔާބު ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ޓޫ އޮފް އަސްގެ ވަރަށް ޚާއްސަ ހުށަހެޅުންތަކާއެކު އެކު، ގަވިންގެ އައު ފިހާރައެއް މިރޭ މާލޭގައި ހުޅުވަައިފިއެވެ.
މިރޭ 20:00ގައި އޮތް ޚާއްސަ ހަރަކާތާއެކު، އައު ފިހާރާ ހުޅުވީ މަޖީދީ މަގުގައި ކުރީގެ ސްޓާ ސިނަމާ ކުރިމަތި، އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައެވެ.
އެ ރަސްމިއްޔާތު ފަޅުފިލުވައިދިން ޓޫ އޮފް އަސްއަކީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ދެވަނަ ރަނަރަޕްކަން ހޯދި ބޭންޑެވެ.

ގަވިންގެ އައު ފިހާރަ ހުޅުވުމުގެ ހަފްލާގެ ތެރެއިން 'ޓޫއޮފްއަސް'ގެ އަދުހަމް ލަވަކިޔަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެ ހަތް އަހަރު ކުރީން ހަމައެކަނި ވަޑާންކުރުމުގެ މަސައްކަތުން ފެށި ގަވިންއަކީ މިހާރު ރާއްޖޭގައި އިންޓީރިއާ ޑީޒައިނިން ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑެވެ.
ގަވިން ޝޯރޫމް މެދުވެރިކޮށް ބަދިގޭ ސާމާނާއި ނިދާ ކޮޓަރިއަށް ބޭނުންވާ އެނދާއި ލިވިންރޫމަށް ބޭނުންވާ ސޯފާގެ އިތުރުން އެހެން ހުރިހާ ފަރުނީޗަރެއް ވެސް އެއްތަނަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

ގަވިންގެ އައު ފިހާރަައިގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެ އިތުރުން، ވަޑާމުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ބޭނުންވާ ހުޅާއި އިސްކުރުފަދަ ހުރިހާ އެއްޗެއް ވެސް ގަވިންއިން ލިބެން ހުންނާނެއެވެ.
ގަވިންގެ ޝޯރޫމެއް ހުޅުމާލޭގައި ވެސް ހުރެއެވެ. ރީތިގަސް މަގުގައި ހުންނަ އެ ޝޯރޫމަށް ގުޅޭނެ ނަމްބަރަކީ 9588899އެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00އިން ފެށިގެން ރޭގަނޑުގެ 22:00އަށް ގަވިން ހުޅުވާފައި ހުންނާނެއެވެ.