އާމިރު މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "މަހާބާރާތު"އަކީ އެކްޓަރުގެ އެންމެ ފަހު ފިލްމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް އެކްޓަރު ބުނެފިއެވެ.
މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީގެ ޝޯއަށް ދިން އިންޓަވިއުގައި އާމިރު ބުނެފައި ވަނީ، އޭނާ މިހާރު މަސައްކަތް ފަށާފައިވާ "މަހާބާރާތު" ޕްރޮޖެކްޓަކީ އެކްޓަރުގެ ޑްރީމް ޕްރޮޖެކްޓް ކަމަށެވެ. ހަމައެއާއެކު އެ ޕްރޮޖެކްޓަކީ އާމިރުގެ ކެރިއަރުގެ އެންމެ ފަހު އަދި ފައިނަލް ޕްރޮޖެކްޓަށްވުން އެކަށީގެންވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މީތޮލޮޖިކަލް މި ޕްރޮޖެކްޓަކީ ބޮޑު ސްކްރީނުން ބެލުންތެރިން ބަލަން ބޭނުންވާ ހުރިހާ ޖަޒުބާތުތަކެއް އޭގައި އެކުލެވޭ ޕްރޮޖެކްޓަކަށް ވުމާއެކު "މަހާބާރަތު"އަށްފަހު ސިނަމާއަށް ގެނެސްދޭނެ އިތުރު މަސައްކަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އާމިރު ވަނީ ބުނެފައެވެ.

މި މަހުގެ 20ގައި ރިލީޒްކުރާ އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ
ފިލްމީ ދާއިރާގައި ދެމިހުރުމަކީ ދުނިޔޭގައި ހުންނަ އެންމެ ފަހު ދުވަހު ވެސް ބޭނުންވާ ކަމެއް ކަމަށް އާމިރު ވަނީ މި ޝޯގައި ބުނެފައެވެ. ނަމަވެސް މަސައްކަތް ފަށާފައިވާ މި ޕްރޮޖެކްޓަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި ފިލްމު ޕްރޮޑިއުސަރެއްގެ އުމުރު ދުވަހުގެ ތަޖުރިބާ އާއި މަސައްކަތް "މަހާބާރާތު" ފަދަ ޕްރޮޖެކްޓަކަށް ބޭނުންވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމަށް ވެސް އެތައް އަހަރެއް ހޭދަވާނެ ކަމަށް މީގެކުރިން ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ވެސް އާމިރު ވަނީ ބުނެފައެވެ.
އެ ފިލްމަކީ އެންމެ ފިލްމެއްގެ ގޮތުގައި ގެނެސްދެވޭނެ ފިލްމެއް ކަމަށާއި އެހެންކަމުން ފިލްމުގެ ކާސްޓުން ވެސް ބޮޑުވާނެ ކަމަށާއި ފިލްމަށް އެއް ޑައިރެކްޓަރަށް ވުރެ ގިނަ މީހުން ބޭނުންވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި މަހުގެ 20 ވަނަ ދުވަހު އާމިރު މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު" ބެލުންތެރިންނަށް ގެނެސްދޭނެއިރު އެކްޓަރު އަންނަނީ ރާޖްކުމާރު ސަންތޯޝީގެ ޕީރިއަށް-ޑްރާމާ "ލަހޯރު 1947"ގައި ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.