ބާޒާރުގައި އެކި ވައްތަރުގެ ޔޯގަޓުތައް ލިބެން ހުރެއެވެ. އެކަމަކު، އުފެދޭ ސުވާލަކީ، އޭގެ ތެރެއިން އެންމެ ރަނގަޅު ޔޯގަޓެއް ޚިޔާރު ކުރާނީ ކިހިނެއްތޯއެވެ. އެއީ، ކެމިކަލްތައް އަޅައިގެން ތައްޔާރުކޮށްފައި ހުރި ޔޯގަޓެއް ބާވައޭ ވެސް ހިތަށް އަރައެވެ. އެ ސުވާލުތަކަށް އޮތް ޖަވާބަކީ ސްވިޒަލެންޑުގެ އެންމެ މަޝްހޫރު ޑެއިރީ ބްރޭންޑުން އުފައްދާ 'އެމީ' ޔޯގަޓެވެ.
ސްވިޒަލެންޑުގެ ކިރާއި ގުދުރަތީ ރަހަތައް ހިމަނައިގެން އުފައްދާފައިވާ މި ޔޯގަޓުގައި ބޭނުންކޮށްފައި ހުންނަނީ ތާޒާ މޭވާއެވެ. އެގޮތުން، ސްޓޯބެރީއާއި ރާސްބެރީއާއި ބްލޫބެރީއާއި އަލަނާސިއާއި އަނބާއި ދެ މޭވާއެއް، މިސާލަކަށް އަނބާއި ޖުމްހޫރީ މޭވާ އެއްކޮށްގެން ހަދާފައި ހުންނަ ޔޯގަޓު ވެސް ހުރެއެވެ. މޭވާއެއް ބޭނުންނުވާ ނަމަ، ޕްލެއިން ޔޯގަޓް ވެސް ލިބެން ހުންނާނެއެވެ.

އެމީ ޔޯގަޓް: މި ޔޯގަޓްގައި އެއްވެސް އާޓިފިޝަލް ފްލޭވާއެއް ބޭނުންކޮށްފައި ނުވޭ --
ހަށިގަނޑަށް ފައިދާކުރަނިވި މާއްދާތަކެއް ހިމެނޭ ސްވިސް ކިރުން އުފައްދާ މި ޔޯގަޓުގެ ކޮލިޓީ އަބަދުވެސް ދަމަހައްޓައެވެ. އެއީ މި ޔޯގަޓް ބޭނުންކުރާ ފަރާތްތަކަށް، ޚާއްސަކޮށް ކުޑަކުދިންނަށް ވަރަށް މުހިންމު ކަމަކަށް ވާނެއެވެ.
އެމީ ޔޯގަޓުން އިތުރު ގިނަ ފައިދާތަކެއް ވެސް ލިބެއެވެ. މިއީ، ޕްރޮޓީންސްއާއި ކެލްސިއަމް ހިމެނޭ ލޯފެޓް ކިރުން އުފައްދާ ޔޯގަޓެއް ކަމަށްވާއިރު، 'ލެކްޓިކް ކަލްޗާ' ހިމަނާފައިވާތީ ހަށިގަނޑުގެ ދިފާއީ ނިޒާމަށާއި ހަޖަމު ކުރުމުގެ މައްސަލަތަކަށް ވެސް އެހީވެދެއެވެ.

އެމީ ޔޯގަޓް: ތަފާތު މޭވާ ހިމެނޭ ޔޯގަޓްތައް ލިބެން ހުންނާނެ
އެމީ ޔޯގަޓު ޚާއްސަވާ އަނެއް ކަމަކީ، ބާޒާރުގައި ވިއްކާ ބައެއް ޔޯގަޓްތަކާ ޚިލާފަށް، އެއްވެސް ކަހަލަ އާޓިފިޝަލް ފްލެވާއެއް ވެސް ބޭނުންކޮށްފައި ނުވުމެވެ.
ކޮންމެ އުފެއްދުމެއްގެ ވެސް ފޭކު އުފެއްދުންތައް ބާޒަރުގައި ދައުރުވެއެވެ. އެހެންވެ، އަސްލު އުފެއްދުން ވަކިކުރުމުގައި އޮޅޭ ފަހަރު ދިމާވެއެވެ. އޮރިޖިނަލް އެމީ ޔޯގަޓު ވަކިކުރާކަށް އެހާ އުނދަގުލެއް ނުވާނެއެވެ. އެ ޔޯގަޓުގައި ހުންނަނީ 'މޭޑް އިން ސްވިޒަލޭންޑް ލޯގޯ'ވެސް ޖަހާފައެވެ.

އެމީ ޔޯގަޓް: މޭވާ ނެތް ޔޯގަޓެއް ބޭނުންވާ މީހުންނަށް ޕްލެއިން ޔޯގަޓް ޚިޔާރު ކުރެވޭނެ
އެހެންކަމުން، މިއީ ޔޯގަޓަށް ލޯބި ކުރާ ބެލެނިވެރިންނާއި މީހުން އަޖުމަ ބަލައިލަން ރަނގަޅު އެއްޗަކަށް ވާނެއެވެ. ސިއްހަތަށް ފައިދާ ކުރާ ގިނަ މާއްދާތައް އެކުލެވޭ ޔޯގަޓެއް ކާން ބޭނުން މީހުންނަށް މިއީ ވަރަށް ރަނގަޅު ޔޯގަޓަކަށް ވާނެއެވެ.
އެމީ ޔޯގަޓް ޔުނައިޓެޑް ފުޑް ސަޕްލަޔާސް (ޔޫއެފްއެސް) ހިމެނޭ ގޮތަށް، ބޮޑެތި ސުޕަމާކެޓްތަކުން ލިބެން ހުންނާނެއެވެ. ހުޅުމާލޭގައި އެ ފިހާރަ ހުންނާނީ ނިރޮޅު މަގުގައި ލޮޓް ނަންބަރު 10418ގައެވެ. އެ ފިހާރަށް 7990377 ނަންބަރުން ގުޅޭނެއެވެ. ހޯލްސޭލްކޮށް ގަންނަން ބޭނުން ނަމަ ގުޅުއްވާނީ 7330338 / 7902065 /7998642 އަށެވެ.
މާލޭ މ. ސިލްވާ ކްލައުޑްގައި ހުންނަ ޔޫއެފްއެސް ފިހާރައަށް 3308471 ނަންބަރުން ގުޅޭނެއެވެ. އަދި ވައިބާ މެދުވެރިކޮށް 7258888އިން ގުޅޭނެއެވެ.