މި އީދުގައި ގުޅުން ބަދަހިކުރުމަށް އުރީދޫން ޚާއްސަ އޮފާތަކެއް

އުރީދޫގެ އިމާރާތް: މި އީދުގައި ގުޅުން ބަދަހިކުރުމަށް އުރީދޫން ޚާއްސަ އޮފާތަކެއް ވަނީ ތައާރަފުކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އަޟްޙާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.

އުރީދޫން ބުނީ، ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި އީދުގައި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.

އުރީދޫގެ އީދު އޮފާތަކަކީ:

1. ހިލޭ ޓިކްޓޮކް

އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާއި މަޖާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.

2. ސުޕަނެޓް ގޭމާ 100 އެޑް-އޮން

މިއީ ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ޚާއްސް ސްޕީޑް ބޫސްޓައެކެވެ. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭއިރު މިއީ 50 ރުފިޔާއަށް، 100 އެމްބީޕީއެސް ސްޕީޑްގައި ތިން ގަޑިއިރަށް ގޭމް ކުޅެން ލިބޭނެ ފުރުސަތެކެވެ.

އުރީދޫން އީދަށް ތައާރަފުކުރާ އޮފާތަކުގެ ތެރޭގައި ޓިކްޓޮކަށް ޚާއްސަ އޮފާއެއް ހިމެނޭ -- ފޮޓޯ/ އުރީދޫ

3. ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާނެއެވެ. އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކްގެ އަގަކީ 75 ރުފިޔާއެވެ.

4. ވެލިއު ޝެއާ ޕެކް - 100 ޖީބީ

މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކްއިން ޖުމްލަ 100 ޖީބީ ލިބޭއިރު، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބޭނެއެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް، ކޮންމެ މީހަކަށް 30 ޖީބީ ވާވަރަށެވެ.

5. މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ

މަގޭ ޕްލޭން އެކްޓިވޭޓްކޮށްގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. ބޯނަސް ޑޭޓާ ލިބޭ ޕްލޭންތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 އެވެ.

6. އާޗާ ޕްލޭނަށް އީދު ހަދިޔާ

އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ޚާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބޭނެއެވެ.

އުރީދޫންވަނީ އަޟްޙާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންގެ މެދުގައި ގުޅުން ބަދަހިވެ، އުފާވެރިކަން ޙިއްޞާކުރެވޭ ގޮތަށް ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހަމައެއާއެކު، އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި ޚާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެ އޮފާތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް