މިއަހަރަކީ ވޭތުވެދިޔަ 30 އަހަރު (ކޮވިޑުގެ އަހަރުތައް ނުހިމަނައި) ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް އެންމެ މަދުން މީހުން ދިޔަ އަހަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކޮށްފައި ވަނީ އެންމެ 1،673،230 މުސްލިމުން ކަމަށާއި އޭގެ ތެރެއިން ގިނައީ ސައުދީގެ ރައްޔިތުން ނޫން ކަމަށް އެ ގައުމުގެ ހައްޖު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 160،000 ހައްޖުވެރިން މަދު އަދަދެކެވެ.
ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންގެ އަދަދު ދެ މިލިއަނަށްވުރެ ވެސް އިތުރެވެ. 2012ވަނަ އަހަރު އެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެ، 3.16 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރިއެވެ.
ނަމަވެސް ކޮވިޑް 19ގެ ފަހުން 2020ވަނަ އަހަރާއި 2022ވަނަ އަހަރުވެސް އެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު، ދަތުރުފަތުރުކަމުގެ ހުރަހެއް ނެތި ސައުދީއަށް ދަތުރުކުރެވެން ފެށީ 2023ވަނަ އަހަރުއެވެ.
ހައްޖުގެ އަޅުަކން އަދާކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބެއްގެ ގޮތުގައި ބޭރުގެ ބައެއް ނޫސްތަކުން ފާހަގަކޮށްފައި ވަނީ، ދަތުރުފަތުރުގެ އަގުތައް އުފުލުމެވެ.
މިއަހަރުގެ އަރަފާތު ދުވަހަކީ މިދިޔަ ބުރާސްފަތި ދުވަހެވެ.