ފޭކް ސްލިޕް ފޮނުވި މައްސަލައެއްގެ ތަހުގީގަށް ޒުވާނަކު ހޯދަނީ

ފޭކް ސްލިޕް ފޮނުވި މައްސަލައިގެ ތަހުގީގަށް ހޯދާ ޒުވާނާ: މި ފަދަ މައްސަލަތައް މި ފަހުން އިތުރު -- ފޮޓޯ/ ޕޮލިސް

ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނުކުރީ ހދ. މަކުނުދޫ/ ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ.

ފުލުހުން ބުނީ، އޭނާ ހޯދަން އިއުލާނުކުރީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ކަމަށެވެ.

އޭނާ ހާޒިރުކުރަނީ ތަހުގީގަށް ސުވާލުކުރާށެވެ.

ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ ނުކުރެވުމުން ފުލުހުން އިއުލާނުކުރެއެވެ.

comment ކޮމެންޓް