ބަންގްލަދޭޝް އަތުން ރާއްޖެއަށް ތާރީޚީ ބޮޑު މޮޅެއް

ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

ރާއްޖޭގައި މިއަދު ފެށި ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ބަންގްލަދޭޝް އަތުން 87 ޕޮއިންޓުގެ ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފިއެވެ.

ސޯޝަލް އިންޑޯގައި ފެށި މުބާރާތުގައި ބަންގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން އަންހެން ޓީމު މޮޅުވީ 104 ޕޮއިންޓު 17 ޕޮއިންޓުންނެވެ. މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. ހާއްސަކޮށް މި މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނުނީ ދިވެހި ސަޕޯޓަރުންގެ ހިތްވަރެވެ.

ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

މިއީ ރާއްޖޭގެ ބާސްކެޓު ތާރީހުގައި މިހާތަނަށް ބައިނަލްއަގްވާމީ މެޗެއްގައި އެންމެ ތަފާތުބޮޑުކޮށް މޮޅުވި ފަހަރެވެ. އެހެންކަމުން މި މެޗު ވެފައިވަނީ ތާރީހީ މެޗަކަށެވެ.

ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރަނީ ތިން ގައުމެކެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ބަންްގްލަދޭޝް އެވެ. މުބާރާތް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެންނެވެ.

ހުކުރު ދުވަހުގެރޭ ރާއްޖޭގެ އަންހެން ޓީމުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު އިންޑިއާއާ ދެކޮޅަށް ނުކުންނާނެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނުގެ ރޭންކިން މެޗުތައް ކުޅޭނީ އާދިއްތަ ދުވަހުއެވެ.

comment ކޮމެންޓް