ފީބާ 16 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ރާއްޖެ އަތުން ހޯދި މޮޅާއެކު ބަންގްލަދޭޝަށް މުބާރާތުގެ ލޯ މެޑަލް ލިބިއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ބަންގްލަދޭޝް ކާމިޔާބުކުރީ 33 ޕޮއިންޓްގެ ތަފާތަކުންނެވެ. މެޗު ބަންގްލަދޭޝް ކާމިޔާބުކުރީ 75-42 ޕޮއިންޓުންނެވެ.
މެޗުގައި ބަންގްލަދޭޝް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮލިފައިން ބުރުގައި މި ދެޓީމުގެ ދެވަނަ ކުރިމަތިލުމެވެ.
ފުރަތަމަ ކުއާޓަރުން ފެށިގެންވެސް ބަންގްލަދޭޝް ދިޔައީ ދިވެހި ޓީމަށް ޕްރެޝަރުކުރަމުންނެވެ. ދެވަނަ ކުއާޓަރުން ފެށިގެން ރާއްޖޭގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ކުއާޓަރުގައި ބަންގްލަދޭޝްއިން ލީޑު ފުޅާކުރިއެވެ. އެއީ 38-27 ޕޮއިންޓުންނެވެ. އަދި ތިންވަނަ ކުއާޓަރު ބަންގްލަދޭޝް ކާމިޔާބުކުރީ 44-37 ޕޮއިންޓުންނެވެ.
ދިވެހި ޓީމުން ވަރުބަލިކޮށް ފެނުމުގެ ފައިދާ ނަގައި ބަންގްލަދޭޝްއިން މެޗުގެ އެންމެ ފަހު ކުއާޓަރު ކާމިޔާބުކޮށްފައިވަނީ 75-42 ޕޮއިންޓުންނެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމަށް އެއްވެސް މޮޅެއް ނުލިބުނު ނަމަވެސް ހުރިހާ މެޗެއްގައި ވަރަށް ހިތްވަރުކުރިއެވެ. އަދި މެޗަކަށްފަހު މެޗެއް ކުރިއެރުން ފެނުނެވެ.