ޝިވާންގީއާއި ކުޝާލް ރުޅިވެއްޖެ

އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ ކުޝާލް ޓަންޑަން އާއި ޝިވާންގީ ޖޯޝީ--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ޓީވީ ތަރިން ކަމަށްވާ ކުޝާލް ޓަންޑަންއާއި ޝިވާންގީ ޖޯޝީގެ މެދުގައި އޮތް ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޝިވާންގީއާއި ކުޝާލްގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ދެ ތަރިން އެކީގައި މަސައްކަތްކުރި ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޒަންގެ ޑްރާމާ ސީރީޒް "ބަރުސާތޭން-މޯސަމް ޕިޔާރު ކާ" ކުޅުނު ދުވަސްވަރެވެ.

ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ރަސްމީކޮށް ކުރިން ހާމަކޮށްފައި ނެތް ނަމަވެސް ކުޝާލްގެ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ދެ މީހުން ވަކިވިކަން އިއުލާނުކޮށްފައެވެ.

ޕޯސްޓުކުރުމަށް ފަހު އިރުކޮޅެއް ފަހުން ފޮހެލާފައިވާ ކުޝާލްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ ޝިވާންގީއާ އެކު އޮތް ގުޅުން ނިމުމަކަށް އައިތާ މިހާރު ފަސް މަސްވެފައިވާ ކަމަށެވެ. އެހެންވެ، އެކަން ދެ ތަރިންގެ ސަޕޯޓަރުންނަށް ވެސް އަންގާލީ ކަމަށެވެ.

ޝިވާންގީ ޖޯޝީއަށް ބެލުންތެރިންގެ މަގުބޫލުކަން ބޮޑަށް ލިބެން ފެށީ ބަތަލާ މަސައްކަތްކުރި ސްޓާ ޕްލަސްގެ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"އިންނެވެ. ކުޝާލްއާ އެކު ޝިވާންގީ ކުޅުނު "ބަރުސާތޭން-މޯސަމް ޕިޔާރު ކާ"އިން ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު މި ސީރީޒް ވެސް ވެފައިވަނީ ޝިވާންގީއާއި ކުޝާލްގެ ކެރިއަރުގެ އެންމެ މަގުބޫލު ސީރީޒްތަކުގެ ތެރޭގައެވެ.

ޝިވާންގީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސޮނީއިން ދައްކަމުން އަންނަ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ އާ ސީޒަންގައެވެ.

comment ކޮމެންޓް