'ސޮރީ'ގެ ރަތްދޫލައިން: މިއީ އައްޒަގެ އެންމެ ރީތި ހެދުން

'ސޮރީ' ފިލުމުގެ ރަތްދޫލަ ހަފްލާގެ ތެރެއިން އައްޒަ އަދި މުއާ - ފޮޓޯ: 'ސޮރީ' މޫވީ ފޭސްބޫކް ޕޭޖް

އަންގާރަ ދުވަހުގެ ރޭ ބޭއްވި ’ސޮރީ‘ ފިލުމުގެ ޕްރިމިއާ ހަފުލާއަށް މުޅި އޮލިންމްޕަސް ތައްޔާރުކޮށްލާ ރަތްދޫލަ ދަމައިލާ މަޖީދީ މަގު ބަންދުކޮށްލާފައި އޮތްއިރު ހުރިހާ އެންމެންގެ ލޯތައް ހުރީ މި ފިލުމުގެ ބަތަލާ މަރިޔަމް އައްޒައަށް ހުއްޓިފައެވެ. ފާތުމަތު ނަހުލާ ޑައިރެކްޓުކޮށްފައިވާ ’ސޮރީ‘ މި ފިލުމަކީ ބެލުންތެރިން ގިނަ ދުވަސްތަކެއް ވަންދެން މަޑުކޮށްގެން ތިބި އަސަރުގަދަ ފިލުމެކެވެ.

މި ހަފުލާއަށް ޚާއްސަކޮށް އައްޒަ ފެނުނީ ޝަދިޔާން, ރައްޓެހި އަދި އެންމެން ދަންނަ ނަމުންނަމަ ސޭންޑީ ތައްޔާރުކޮށްދީފައިވާ ހެދުމުގައި އަދި އޭނާގެ މޭކަޕްގައެވެ. ހެދުމުގެ ޑިޒައިން ހާދާފައިވަނީ ގޯލްޓިއޭ ބްރޭންޑޫގެ ’ޑިވައިން’ ސެންޓުފުޅި އިންސްޕިރޭޝަނަކަށް ބަލައިގެންނެވެ.

View this post on Instagram

A post shared by Mariyam Azza (@axzxa)



"މި ޕްރޮޖެކްޓު ފެށިއިރު ވެސް އަހަންނަށް އެނގޭ ބޭނުންވަނީ ހެދުމުގެ ވާއު ފެކްޓާއަކަށް ކޯސެޓް ބައިންދަންކަން،" ސޭންޑީ ބުންޏެވެ.

"އައްޒަ މިހާރު ހުރީ ވަރަށް ހިކިކޮށް, އެހެންވެ ބޭނުންވީ ކޯސެޓުން އައްޒަގެ ބައްޓަން ވަރަށް ބޮޑަށް ޑިފައިންކުރަން،"

ބަލައިލާ ބެލުމުގައި އެތައް ދުވަހުގެ މަސަތްކަތެއްހެން ހީވާ މި ހެދުން ނިންމަން ސޭންޑީ ނެގީ އެންމެ ދެ ދުވަހެވެ. ހެދުމުގެ ހުރިހާ ދިމާލެއް ފުރިހަމައަށް ހުރިތޯ ބަލާ ޔަގީން ކުރުމަށް މި ދެ ދުވަސް ތެރޭގައި އެތައް ފަހަރަކު ފިޓިން ސެޝަންތަކެއް ހަދާފައިވެއެވެ. ހެދުމުގެ މަތީގައި ރަން ކުލައިގެ ބީޑް އަދި ވިދާ ސަމާނުތައް ހަރުކޮށްފައި ހުރިއިރު އޯފް ޝޯލްޑާ ސްޓައިލަށް ކޮނޑުމަތިން ފެންނަންގޮތަށް ތުނި ނެޓް ފޮތިން ދިގުކޮށް އަތް ގުޅުވާލާފައި ހުއްޓެވެ.

ޑަސްޓީ ފިޔާތޮށި ކުލައިގެެ މަޑު ސިލްކު ސެޓިން ފޮތިން ޑްރޭޕް ކޮށްފައި ހުރި ސްކާޓް ބައި މި ހެދުމަށް އަންހެންވަންތަ އެލެގަންޓްކަމެއް ގެނެސްދިނެވެ. ސޭންޑީ ފާހަގަކުރި ގޮތުގައި އައްޒަގެ މި ހެދުން ތައްޔާރުކުރުމުގެ ތެރެއިން ކުރީގެ ރަތްދޫލަ ހަފުލާތަކުގައި އައްޒަ ލާފައިވާ ރީތި ހެދުންތަކަށް ކޮންމެ ވެސް ވަރަކަށް ބަލާލިއެވެ. މީގެ ތެރެއިން 4426 މި ފިލުމުގެ ހަފްލާގައި އައްޒަ ލާފައިވާ ހެދުމަކީ އެންމެ ރީތި ހެދުންކަމަށް ނިންމާ މި ކަހަލަ ގޮތަކަށް ހެދުން ތައްޔާރުކުރެވޭތޯ ސަމާލުކަން ދީފާވެއެވެ.

'ސޮރީ' ފިލުމުގެ ރަތްދޫލަ ހަފްލާގެ ތެރެއިން އައްޒަ އަދި މުއާ - ފޮޓޯ: 'ސޮރީ' މޫވީ ފޭސްބޫކް ޕޭޖްޕްޝަން..
މުޅި ހެދުން ފުރިހަމަވެފައިވަނީ ހިފަހައްޓައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ރަން ޑީޓެއިލްތައް ލާފައި ހުރި ހެދުމާއި އެއްގޮތް އަތްދަބަހާއި, ކޮށްފައިވާ ސޮފްޓް ގްލެމް މޭކަޕާ އެއްކޮށެވެ. އަދި، މި އައުޓްފިޓަކީ ފުރިހަމައަށް ސްޓައިލްކޮށް, އަންހެންވަަންތަ އަދި ހަނދާން ނައްތާނުލެވޭނެ ހެދުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު