ދިރާގު އެޕުން ރީލޯޑުކޮށްގެން %15އާ ހަމަޔަށް ބޯނަސް ކްރެޑިޓް ލިބޭ އޮފާއެއް!

ދިރާގު އެޕުން ރީލޯޑުކޮށްގެން %15އާ ހަމަޔަށް ބޯނަސް ކްރެޑިޓް ލިބޭ އޮފާއެއްވަނީ ތައާރަފުކޮށްފައި -- ފޮޓޯ/ ދިރާގު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކޮށްގެން 15 ޕަސެންޓާ ހަމައަށް ބޯނަސް ކްރެޑިޓް ލިބޭ ލިމިޓެޑް ޓައިމް އޮފާއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި އޮފާގައި ދިރާގު އެޕް، މައި އެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100، 200 އަދި 500 ރުފިޔާގެ ރީލޯޑުކުރާ ކަސްޓަމަރުންނަށް ބީނަސް ކްރެޑިޓް މުޅީން ހިލޭ ލިބޭނެ ކަމަށެވެ.

މި އޮފަރއާއެކު ދިރާގުއެޕް، މައިއެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100، 200 އަދި 500 ރުފިޔާ ރީލޯޑުކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް މުޅިން ހިލޭ ލިބިގެންދާނެއެވެ. މި އޮފާތަކަކަކީ:

  • 100 ރުފިޔާ ރިލޯޑްކޮށްގެން %10 ބޯނަސް ކްރެޑިޓާއެކު ޖުމްލް 100 ރުފިޔާ
  • 200 ރުފިޔާ ރިލޯޑްކޮށްގެން %13 ބޯނަސް ކްރެޑިޓާއެކު ޖުމްލް 225 ރުފިޔާ
  • 500 ރުފިޔާ ރިލޯޑްކޮށްގެން %15 ބޯނަސް ކްރެޑިޓާއެކު ޖުމްލް 575 ރުފިޔާ

ދިރާގުން ބުނީ، ޗެޓުކުރުމާއި ބްރައުޒްކުރުމުގެ އިތުރުން ސްޓްރީމްކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވެސް މިއީ ލިބިގެންދާ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މިއީ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ވެސް ޑިޖިޓަލްކޮށް އެކްޓިވޭޓް ކުރެވޭނެ އޮފާތަކެއްކަން ދިރާގުން ފާހަގަކުރިއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނަށް ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް