ދިވެހި ޒުވާނުންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް އަންނައުނުގެ ބާވަތަކީ އަބާޔާއެވެ. ތަފާތު ކުލަތަކާއި ޑިޒައިންތަކުގެ އަބާޔާ އާންމު ދިރިއުޅުމުގައިއާއި ޚާއްސަ ހަފުލާތަކުން ވެސް މިހާރު ފެނެއެވެ. ރާއްޖެއިން ފަސޭހައިން އަބާޔާ ހޯދަން ބެނުންނަމަ، މިވަގުތު ޚިޔާރުކުރުން އެންމެ ރަނގަޅު ފިހާރައަކީ ސަގޯ ޗޮއިސް އެވެ.
މާލޭގެ މަޖީދީމަގުގައި، އޮލިމްޕަސް ކައިރީގައި ހުންނަ ސަގޯ ޗޮއިސްއަކީ ތަފާތު ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ ދިވެހި ކުންފުންޏެއް ކަމަށްވާ، ސަގޯ ގުރޫޕުގެ ދަށުން ހިންގާ ފިހާރައެކެވެ. އެ ކުންފުނިން މާލެއާއި ދުބާއީއާއި އިންޑިޔާގައި ވެސް ވިޔަފާރިކުރެއެވެ.
ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ސަގޯ ޗޮއިސްއަކީ މިވަގުތު މާލޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ގިނަ ވައްތަރުގެ އަބާޔާ އެއް ތަނަކުން ލިބެން ހުންނަ ފިހާރައެވެ.

ސަގޯ ޗޮއިސް: ތަފާތު ޑިޒައިންތަކުގެ އަބާޔާ ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ފިހާރައަށް ދުރުވާ ފަރާތްތަކަށް އަމިއްލަފުޅަށް ބޭނުންވާ ސައިޒަކުން، ބޭނުން ކުލައަކުން ޑިޒައިން ހޯދައި، ފަސޭހަކަމާއެކު ގަނެލެވޭގޮތަށް ޑިސްޕްލޭކޮށްފައި ހުރެއެވެ.
ލިބެން ހުންނަ ތަކެތި:
- އަބާޔާގެ ހުރިހާ ވައްތަރެއް
- ޚާއްސަ ރަސްމިއްޔާތުތަކަށް ޓާކިޝް އަބާޔާ
- އަންހެން އަދި ފިރިހެން ބޭފުޅުންގެ ސޫޓް ސެޓް
- ގަމީސް އަދި ފަޓުލޫން (އޮފީސް އަދި އާންމުކޮށް ލުމަށްވެސް އެކަށީގެންވާ)
- ޕާޓީ އަދި ޢީދު ފަދަ އެކި މުނާޞަބަތުތަކަށް ޚާއްސަ ހެދުން
- އަންހެން ބޭފުޅުންގެ އޮފީސް ކުރުތާ
- ކުޑަކުދިންގެ ހެދުން
- ޝޯލް، ސްކާފް ކަލެކްޝަން
- އަތް ދަބަސް
ސަގޯ ޗޮއިސް އަބާޔާއަކީ މި ފިހާރައިގެ އަމިއްލަ ބްރޭންޑެކެވެ. އެހެންވެ، މި އަބާޔާގެ ވައްތަރުތައް އާންމުކޮށް ދިވެހި ބާޒާރުން ލިބެން ހުންނަ ވައްތަރުތަކާ ތަފާތެވެ.

ސަގޯ ޗޮއިސް: ތަފާތު ހަފުލާތަކަށާއި ޕާޓީތަކަށް ބޭނުންވާ ހެދުންތައް ލިބެން ހުންނާނެ، އަދި ކަސްޓަމައިޒް ވެސް ކުރެވޭނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި އަބާޔާތަކަކީ ދުބާއީގައި ހުންނަ ސަގޯ ގްރޫޕްގެ އަމިއްލަ ފެކްޓަރީއަކުން ތައްޔާރުކޮށް، މާކެޓް ކުރަމުން އަންނަ ބްރޭންޑެކެވެ. މި ފެކްޓަރީން ކޮންމެ މަހަކު މަދުވެގެން ދެ ފަހަރު އައު ޑިޒައިންތައް ބާޒާރަށް ނެރެ، ކޮންމެ ކަސްޓަމަރަކަށް ވެސް ކަމުދާނެ ފަދަ ޑިޒައިންތައް ހުންނާނެ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދެއެވެ.
އެގޮތުން މި ދުވަސްވަރު އެންމެ މަޝްހޫރު ޑިޒައިންތަކުގެ ތެރޭގައި ޓާކިޝް އަބާޔާއާއި މެކްސް ބްރޭންޑްގެ ކުރުތާ ހިމެނެއެވެ. މި ނޫން ވެސް، ކައިވެނި ހަފުލާތަކައި ތަފާތު ރަސްމިއްޔާތުތަކަށް ވެސް ޚާއްސަ ހެދުންތައް ސަގޯ ޗޮއިސްއިން ލިބެން ހުންނާނެއެވެ.
މި ފިހާރައިން ލިބެން ހުންނަ އަބާޔާތަކުގެ ސައިޒަށް ބަލާއިރު، ބޮޑެތި މީހުންގެ ހުރިހާ ސައިޒެއްގެ، 50އިން ފެށިގެން 60އާ ދެމެދުގެ ސައިޒްތައް ލިބެން ހުންނާނެއެވެ. އަދި ކުޑަކުދިންގެ ސައިޒް 30އިން ފެށިގެން 50އާ ދެމެދުގެ ސައިޒުތައް ވެސް ލިބެން ހުންނާނެއެވެ.

ސަގޯ ޗޮއިސް: ޒުވާނުންގެ މެދުގައި މަގުބޫލު ޓާކިޝް އަބާޔާ ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ފިހާރައިން ލިބެން ހުންނަ ކޯޓު ފަޓުލޫން، ގަމީސް، ޓީޝާޓް އަދި ޖީންސް ފަދަ ތަކެތި އޮފީހަށް ދުރުވާ ބޭފުޅުންނާއި ގިނަ ޒުވާން ފިރިހެނުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާކަން ވެސް ފާހަގަކުރެއެވެ. އަދި ކުޑަކުދިންގެ އެކިވައްތަރުގެ ހެދުމާއި ޒީނަތްތެރިވާ ސާމާނާއެކު، އެއް ތަނަކުން މުޅި އާއިލާއަށް ބޭނުންވާ އަންނައުނުގެ ބާވަތްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ.
އޭގެ ތެރޭގައި ކްރިސްބެއްލާއާއި ބޭގްކޯ ބްރޭންޑްގެ މޮޅު، ރީތި އަތްބަހުގެ އެކި ބާވަތްތައް ފާހަގަކޮށްލެވެއެވެ.

ސަގޯ ޗޮއިސް: އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭނެ އަތްދަބަސް ފިހާރައިން ލިބޭނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މީގެ އިތުރުން ޕާޓީތަކަށް ބޭނުންވާ ހެދުމާއި، ވެޑިން ޑްރެސްއާއި، އެހެނިހެން ހެދުން ވެސް ޕްރީ އޯޑަރަށް ދެއްވުމުން މި ފިހާރައިން ކަސްޓަމައިޒް ވެސް ކޮށްދެމެވެ.
މި ދުވަސްކޮޅު ހިޖުރީ އައު އަހަރާ ގުޅިގެން ސަގޯ ޗޮއިސްއިން ޚާއްސަ ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ. މި ފިހާރައިން ލިބެން ހުންނަ އަންނައުނާއި ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތު ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކްއިން ލިބެން ހުންނާނެއެވެ.

ސަގޯ ޗޮއިސް: ކޯޓު ފަޓުލޫނާއި ގަމީސްތައް ވެސް ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ސަގޯ ގްރޫޕްގެ މަގުސަދަކީ ދިވެހިން ބަލައިގަންނަ، ހިތްހަމަޖެހޭ ފެންވަރުގެ ތަކެއްޗާއި ޚިދުމަތެއް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމެވެ.
މި ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00އިން 12:00އަށެވެ. އަދި މެންދުރު 14:00އިން 18:00ގެ އިތުރުން ރޭގަނޑު 20:00އިން 23:00 އަށެވެ.
މި ފިހާރައިން އޮންލައިކޮށް ތަކެތި ބައްލަވައި ގަންނަ ފަރާތްތަކަށް މާލެ ސަރަހައްދުގައިއާއި ބޯޓުތަކާއި ފެރީތަކަށް ހިލޭ ޑިލިވަރީގެ ޚިދުމަތް ފޯރުކޮށްދެމެވެ.