ޑިންގީ އަޑިއަށްދިޔުން: އަނިޔާވި ކެޕްޓަނާއި އިތުރު މީހަކު ފަރުވާއަށް މާލެ ގެނެސްފި

ރޭ ހިނގި އެކްސިޑެންޓުގައި އެކްސިޑެންޓުވި ލޯންޗު: އަނިޔާވި ކެޕްޓަނާއި އިތުރު މީހަކު ފަރުވާއަށް މާލެ ގެނެސްފި -- ފޮޓޯ/ (ފެސްބުކް: ޒަކަރިއްޔާ ރިމްޒާން)

ޅ. މަޑިވަރު އެއާޕޯޓު ކައިރިން ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު އިތުރު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

އެ މީހުން މާލެ ގެނެސްފައިވަނީ ވެސް ރޭގެ ވަގުތެއްގައެވެ.

'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެމީހުން ރޭގެ ވަގުތެއްގައި ގެނެސް އެ ހޮސްޕިޓަލުގެ އިމަޖެންސީގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އެއީ، 41 އަހަރާއި 61 އަހަރުގެ ދެ ފިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ރޭ ބުނީ، ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހިފައިވާ މައްސަލައެއްގެ ރިޕޯޓް ރޭ 20:26ހާއިރު ލިބިފައިވާ ކަމަށެވެ.

ރޭ ހިނގި އެކްސިޑެންޓުގައި އެކްސިޑެންޓުވި ލޯންޗު: އަނިޔާވި ކެޕްޓަނާއި އިތުރު މީހަކު ފަރުވާއަށް މާލެ ގެނެސްފި -- ފޮޓޯ/ (ފެސްބުކް: ޒަކަރިއްޔާ ރިމްޒާން)

އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން އެ މީހުންނަށް ފަރުވާ ދެމުން ދިޔައީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/207733

"ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިނުވޭ،" ފުލުހުން ރޭ ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުން އެކްސިޑެންޓުވި ޑިންގީ ނިސްބަތްވަނީ ޅ. ހިންނަވަރަށެވެ. އަދި އެކްސިޑެންޓުވި ލޯންޗަކީ ކަނުހުރާ ރިސޯޓަށް ނިސްބަތްވާ ލޯންޗެކެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ، އެ ރަށުގެ ޑިންގީއަކާއި ރިޒޯޓެއްގެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް