ޓޫރިސްޓް ޕޮލިހުން ނުކުމެ، ތުލުސްދޫގެ ގެސްޓްހައުސްތަކުގެ ރައްކާތެރިކަން ހުރި މިންވަރު ބަލައިފި

ތުލުސްދޫގެ 31 ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓް ކޮށްފި -- ފޮޓޯ/ ފުލުހުން

ކ. ތުލުސްދޫގައި ހިންގާ 31 ގެސްޓްހައުސްއެއްގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ފުލުހުން ބަލައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުން ހޯމަ ދުވަހަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ތުލުސްދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދެނެގަނެ، ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައި ވާނެ ކަމަށެވެ.

އެގޮތުން ޖުމްލަ 31 ފެސިލިޓީ އިންސްޕެކްޓް ކޮށްފައި ވާނެ ކަމަށާއި ޕްރޮގްރާމުގެ ތެރެއިން ތުލުސްދޫ ކައުންސިލާ ބައްދަލުކޮށް ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޓޫރިސްޓު ޕޮލިހުް ތުލުސްދޫ ކައުންސިލާއި ބްއްދަލުކުރުން -- ފޮޓޯ/ ފުލުހުން

ފުލުހުން ބުނީ އުންސިލާއި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި، ރަށުގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ޓޫރިސްޓުންނަށް ޚާއްސަކޮށްގެން މައުލޫމާތު ހިމެނޭ ބީޗް ބޯޑު ޖެހުމާއި ގެސްޓްހައުސް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނޭ ކަމަށެވެ.

ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައި ވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތުލުސްދޫ ކައުންސިލުން ބުނީ ޓޫރިސްޓް ޕޮލިހުގެ މި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ފެސިލިޓީ އިންސްޕެކްޝަންގެ ސަބަބުން، ގަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގަމުންދާ ފަރާތްތަކުން އެ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

comment ކޮމެންޓް