އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން 2025"އަށް ޚާއްސަކޮށްގެން ބާއްވާ ބަހާއި ފެރީގެ ރޫޓުތައް އާންމުކޮށްފިއެވެ.
އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މި އަހަރު އެ ހަރަކާތް އައްޑޫގެ މަރަދޫގައި ބާއްވަނީ އަންނަ ހުކުރު ދުވަހެވެ.
ފަން ރަންއަށް ޚާއްސަކޮށްފައިވާ ބަހާއި ފެރީގެ ރޫޓުތަކަކީ:
ލިންކު ރޯޑު ޑިޕާޗާ (އެމްޓީސީސީ ބަސް)
މިލާނޯ ރެސްޓޯރެންޓް - 14:30
އެފެސް ކޭކް - 14:45
ސިޓީ ސްކޮޔާ - 14:50
ހިތަދޫ ބޮނޑަ މަގަ ޑިޕާޗާ (އެމްޓީސީސީ ބަސް)
ހޯމްވެއާ - 14:30
އެސްއެލްބީ ފެބްރިކްސް - 14:40
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް - 14:50
ފޭދޫ/ މަރަދޫ ފޭދޫ ޑިޕާޗާ (އެމްޓީސީސީ ބަސް)
އެމްޓީސީސީ ޓާމިނަލް - 14:45
މެގްނެޓާ ކަންމަތި - 14:50
މަރަދޫ ފޭދޫ ބަނދަރު - 15:05
ހުޅުމީދޫއާ މަރަދުއާ ދޭތެރޭގެ ދަތުރުތައް (އާރުޓީއެލް ފެރީ)
ހުޅުމީދޫން މަރަދުއަށް - 14:15
މަރަދުއިން ހުޅުމީދުއަށް - 19:00
މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓާވުމުގެ ސުންގަޑި ހަމަވީ މި މަހު 15އަށެވެ.
މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ބޭނުންކުރާނީ ސްޓޭންޑަޑް ކިޓާއި ފަން ކިޓެވެ. އެ ކިޓުތަކުގައި ހިމެނެނީ:
- ސްޓޭންޑަޑް ކިޓް: 110 ރުފިޔާ (ފަން ރަން ޓީޝާޓާއި ވްރިސްޓްބޭންޑް)
- ފަން ކިޓް: 210 ރުފިޔާ (ފަން ރަން ޓީޝާޓް، ވްރިސްޓްބޭންޑް، ދަބަސް، އަވި އައިނު އަދި ބޮލުގައި އައްސާ ފޮތިކޮޅެއް)
މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްގައިމު މަޖާ އަދި އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެ ގުޅުން ބަދަހި ކުރެވޭނެ ދުވުމެއެއްކަން އުރީދޫން ފާހަގަކުރެއެވެ.
އުރީދޫން ބުނީ މި ހަރަކާތަކީ އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ "އީދެއް" ކަމަށާއި އުރީދޫ ފަން ރަން އަކީ ކަސްރަތާއި މަޖާކުރުން އެއް މާހައުލެއްގައި ތަޖުރިބާކުރެވޭނެ ފަސް ކިލޯމީޓަރުގެ ދުވުމެއް ކަމަށެވެ.
މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ޚާއްސަކޮށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތަކަށް ފަރުމާކޮށްފައި ވެއެވެ. މިއީ އާއިލާތަކާއި ރައްޓެހިން ގުޅި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ކަމަށް އުރީދޫން ސިފަކުރެއެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭއިރު ހުންނަ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމައިލެވޭނެއެވެ.