އައިކެއަރއިން އަވިއައިނު އަގުހެޔޮކޮށް ލިބޭ 'ސަނީ ސަޓަޑޭސް' ޕްރޮމޯޝަން އަންނަ ހޮނިހިރުގައި ވެސް އޮންނާނެ

އައިކެއަރއިން އަވިއައިނު އަގުހެޔޮކޮށް ލިބޭ 'ސަނީ ސަޓަޑޭސް' ޕްރޮމޯޝަން އަންނަ ހޮނިހިރުގައި ވެސް އޮންނާނެ -- ފޮޓޯ/ އައިކެއަރ އޮޕްޓިކަލްސް

އައިކެއަރއިން އަވިއައިނު އަގުހެޔޮކޮށް ލިބޭ 'ސަނީ ސަޓަޑޭސް' ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު ވެސް ބާއްވަން ނިންމައިފިއެވެ.

މި އަހަރު ރޯދަމަހު އައިކެއަރ އޮޕްޓިކަލްސްއިން ތައާރަފު ކުރި 'ސަނީ ސަޓަޑޭސް' ޕްރޮމޯޝަނަށް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ތަރުހީބު ލިބުމާ ގުޅިގެން އައިކެއަރގެ 22 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެށި ޕްރޮޝަންތަކުގެ ތެރޭގައި ވެސް މި ޕްރޮމޯޝަން ހިމަނައިފައިވެއެވެ.

ޕްރޮމޯޝަން ދުވަސްކޮޅު ތެރޭގައި، އީދު ބަންދާ ގުޅިގެން އެއް ހޮނިހިރު ދުވަސް ބަންދުކުރަން ޖެހުމާއެކުގައިއާއި ގިނަ ކަސްޓަމަރުން އެދެމުން އަންނާތީ، 'ސަނީ ސަޓަޑޭސް' ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހަށް އިތުރުކުރަން އައިކެއަރ ވަނީ ނިންމައިފައެވެ.

ސަނީ ސަޓަޑޭސް ޕްރޮމޯޝަންގައި ވަކި ބްރޭންޑުތަކެއްގެ އަވިއައިނުތައް އެންމެ 990 ރުފިޔާއަށް ލިބޭނެއެވެ. މި ބްރޭންޑްތަކުގެ ތެރޭގައި ނޮކްއެރައުންޑް، ރިޒާޒް އަދި ސޮލާބީ ފަދަ ޒަމާނީ އަވިއައިނުތައް ހިމެނޭ ބްރޭންޑްތައް ހިމެނެއެވެ. މި ހުރިހާ އަވިއައިނަކީ ވެސް 100 ޕަސެންޓް ޔޫވީ ޕްރޮޓެކްޓެޑް އަދި ގިނަ އައިނުތަކަކީ ޕޮލަރައިޒްޑް އަވިއައިނުތަކެވެ.

އަވިއައިނު އެޅުމަކީ އިރުގެ ނުރައްކާތެރި އަލިން ލޯ ސަލާމަތް ކުރުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތެވެ.

އައިކެއަރ އޮޕްޓިކަލްސްއިން މި މަހުގެ ނިޔަލަށް ހައްދާ ނަންބަރުއައިނުގެ، އަވިއައިނު ލެންސުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެސް ލިބޭނެއެވެ. މިއީ ނަންބަރުއައިނު ގެންގުޅޭ މީހުން އަތްވަށް ނުކުމެ އުޅެން ޒަމާނީ ރީތި އަވިއައިނު އެޅުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް އައިކެއަރއިން ބުނެއެވެ.

ސަނީ ސަޓަޑޭސް މި ޕްރޮމޯޝަންގައި ފެންވަރު ރަނގަޅު އަވިއައިނު ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު އައިކެއަރ އޮޕްޓިކަލްސްގެ އައުޓްލެޓްތަކުން ލިބޭނެއެވެ.

މާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. އުނގޫފާރު، ފުވައްމުލަކު ސިޓީ އަދި ލ. ގަމުގައި ހުންނަ އައިކެއަރ އޮޕްޓިކަލްސްގެ ފިހާރަތަކުން މި ޕްރޮމޯޝަންގެ ދަށުން އަވިއައިނު ލިބޭނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް