ރޭގަނޑު ހަމަޖެހިލައިގެން ނިދާލަން ބޭނުންވާ ނަމަ މިއީ ކުރެވިދާނެ ކަމެއް

ކިރުތަށްޓަކާ އެކު މާމުއި އެއްކޮށްގެން ބުއިމަކީ ހަށިގަނޑަށް އެއިން ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ކިރަކީ އަޅުގަނޑުގެމެންގެ ސިއްހަތަށް އެއިން ނުހަނު ގިނަގުނަ ފައިދާތަކެއް ކުރުވާ ބާވަތެކެވެ. ހަމައެއާއެކު މާމުއި ވެސް ހިމެނެނީ ސިއްހަތަށް ފައިދާހުރި އެތަކެއް މާއްދާތައް އޭގައި އެކުލެވޭ ބާވަތެއްގެ ގޮތުގައެވެ.

މި ދެ ބާވަތް ޚާއްސަ ވަނީ ފަސޭހައިން ނިދާލުމަށް އެހީވެދީ، ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހިތުގެ ބަލިތަކުން ރައްކާތެރިކަން ހޯދައިދޭ ބާވަތްތަކެއްގެ ގޮތުގައެވެ. އާއްމުކޮށް އޭޝިއާގެ ޤައުމުތަކުގެ މީހުންނަކީ އެމީހުންގެ އާދަކާދަތައް ހުންނަ ގޮތުން ނިދުމުގެ ކުރިން މާމުއި އެޅުމަށްފަހު ކިރުތަށްޓެއް ބުއިމުގެ އާދަ ހަރުލާފައި ހުންނަ މީހުންނެވެ.

ޚާއްސަކޮށް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކުގައި މިއީ ރޭގަނޑު ފަސޭހައިން ނިދާލުމުގެ ބޭނުމުގައި އެ މީހުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.

މާމުއި ބޭނުންކުރުމަކީ ފަސޭހައިން ނިދާލުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކާ--ފޮޓޯ/ފޭސްބުކް

ރެޖިސްޓަޑް ޑައިޓީޝަން ނަޓާލިއާ އޯލްސަން މި މައުޟޫއާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ 68 މީހަކު ހިމަނައިގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ތިން ދުވަސް ވަންދެން މާމުއިއާއި ކިރު އެއްކޮށްގެން ބުއިމުގެ ސަބަބުން އެމީހުންގެ ނިދުމުގެ ދުޅަހެޔޮކަން ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.

މި މީހުންނަކީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާ މީހުންކަން ނަޓާލިއާ އޯލްސަން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު ނިދުމުގެ 30 މިނެޓުކުރިން 1/2 މޭޒުމަތީ ސަމުސަލެއްގެ މާމުއި ބުއިމަކީ ނިދުމުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ އިތުރުން ރޭގަނޑު ނިދީގައި އަންނަ ކެއްސުމަށް ވެސް އޮތް ފަރުވާއެއް ކަމަށް ނަޓާލިއާ އޯލްސަން ވަނީ ބުނެފައެވެ.
ކިރަކީ ހަށިގަނޑަށް ކެލްސިއަމް ހޯދައިދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްބާވަތެވެ.

ކޮންމެ ދުވަހަކު ވެސް އާދަވެގެން ކިރު ތަށްޓައް މާމުއި ކޮޅެއް އެޅުމަށްފަހު ބުއިމަކީ ހިތުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އެހެންކަމުން ކިރު ތަށްޓަކާ އެކު މާމުއި އަޅައިގެން ބުއިމަކީ ހަށިގަނޑުގެ ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެއް ކަމަށް ނަޓާލިއާ އޯލްސަންގެ ލިޔުމުގައި ވަނީ ބުނެފައެވެ. ހަމައެއާއެކު މާމުއިގައި އެކުލެވޭ ގުދުރަތީ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ މޫސުމީ ޖަރާސީމުތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.

މީގެއިތުރުން މި ދެ ބައި އެއްކޮށްގެން ބޭނުންކުރުމުން ލިބޭ އިތުރު ފައިދާތަކުގެތެރޭ ހަޖަމުގެ ނިޒާމަށް ލުޔެއް ހޯދައިދީ ފަސޭހައިން ކާނާ ހަޖަމުކުރުމަށް އެހީވެދިނުން، ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުން، ގައިގެ ހަން ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މިއިން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކެއް ހުރިއިރު ކިރުގެ ސަބަބުން ބައެއް މީހުންނަށް ހަމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. ޚާއްސަކޮށް ކިރަށް އެލާޖިކްވާ މީހުން މި ބުއިން ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ސަމާލުކަން ދިނުމަށް ނަޓާލިއާ ވަނީ އިރުޝާދުދީފައެވެ.

ހަމައެއާއެކު މާމުއި އަކީ އޭގައި ކެލޮރީސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތަކަށް ވާތީ އަހަރު ނުފުރޭ ކުޑަކުދިންނަށް މި ބުއިން ދިނުން ރަނގަޅު ނޫން ކަމަށް ނާޓާލިއާ ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު