ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލަށް ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް އެޗްޑީސީ ދަތުރުކުރީ ސެމީގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 26-28، 25-21، 19-25 އަދި 22-25 އިންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 25-21 އަދި 25-22 އިންނެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ތިންވަނަ ހޮވާ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ދަޑިމަގާއި ހުރާ އެވެ. އެޗްޑީސީ އާއި ސިފައިން ބައްދަލުކުރާ މެޗު ކުޅޭނީ މިރޭއެވެ.
މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
އެސޯސިއޭޝަން ކަޕަށްފަހު އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަން ލީގެވެ.