ޚާއްސަ ވޯލް ޕެނަލަކާއެކު ގަވިންއަށް އައު ޕްރޮޑަކްޓުތަކެއް

ގަވިންއިން އަލަށް ތައާރަފުކުރި އިންޓީރިއާ ސާމާނުގެ ތެރޭގައި ތަފާތު ސޯފާތަކާއި ކާމޭޒު ވެސް ހިމެނޭ --

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓީރިއާ ޑިޒައިންގެ ވިޔަފާރިކުރާ ގަވިންއިން، މުޅީން އައު ޑިޒައިނެއްގެ ވޯލް ޕެނަލާއާއެކު އިތުރު އިންޓީރިއާ ސާމާނުތަކެއް ތައާރަފުކޮށްފިއެވެ.

ގަވިންއިން ބުނީ އަލަށް ތައާރަފުކުރި ވޯލް ޕެނަލްތަކަކީ ފާރުން ފެން ލީކުވާ ނަމައާއި، ފޫ ޖެހުމުން ރައްކާތެރިކޮށްދޭ ގޮތަށް ޚާއްސަކޮށް ޑިޒައިންކޮށްފައިވާ އުފެއްދުމެއް ކަމަށެވެ. މި ޚާއްސަ ވޯލް ޕެނަލް އެކި ކުލަކުލައިން ލިބޭއިރު، މާލެއާއި ހުޅުމާލޭގައި ހުންނަ ގަވިންގެ ފިހާރަތަކުން މި ޕެނަލްތައް ގަނެވޭނެއެވެ.

ޚާއްސަ ވޯލް ޕެނަލަކާއެކު ގަވިންއަށް އައު ޕްރޮޑަކްޓުތަކެއް

ގަވިންއިން އަލަށް ތައާރަފުކުރި އިންޓީރިއާ ސާމާނުގެ ތެރޭގައި ތަފާތު ސޯފާތަކާއި ކާމޭޒު ވެސް ހިމެނެއެވެ. އަދި އަލަމާރި ދޮރުފަތާއި ކަބަޑު ދޮރުފަތަށް ޚާއްސަ، އެކި ކުލަކުލައިގެ އަތްގަނޑުފަތި ވެސް މިހާރު އެ ތަނުން ލިބޭނެ ކަމަށް ބުނެއެވެ.

ގަވިންއިން ބުނީ، އެއީ އަތަށް ފަސޭހަ، އަދި ބަލައިލަން ވެސް ރީތި ޕްރޮޑަކްޓުތަކެއް ކަމަށެވެ.

ގަވިންގެ ފިހާރަތަކުން މާލެއާއި ހުޅުމާލޭގެ އިތުރުން، ބޯޓުތަކަށް ވެސް ހިލޭ ޑެލިވަރީކޮށްދޭނެއެވެ.

ޚާއްސަ ވޯލް ޕެނަލަކާއެކު ގަވިންއަށް އައު ޕްރޮޑަކްޓުތަކެއް

ގަވިންގެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ކުރީގެ ސްޓާ ސިނަމާ ކުރިމަތި، އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައެވެ. އެ ފިހާރައަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، 9588899 ނަންބަރުން ގުޅޭނެއެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ރޭގަނޑުގެ 22:00 އަށް ހުޅުވިފައި ހުންނާނެއެވެ.

ޚާއްސަ ވޯލް ޕެނަލަކާއެކު ގަވިންއަށް އައު ޕްރޮޑަކްޓުތަކެއް

ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަވެފައިވާ ފިހާރައެކެވެ.

ގަވިންގެ ފޭސްބުކް ޕޭޖް: https://www.facebook.com/Gawindecor

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު