ކޮއްޓު ރޮޓި ހިމެނޭހެން ސްރީ ލަންކާގެ ލަފުޒުތަކެއް އިނގިރޭސި ބަސްފޮތަށް އިތުރުކޮށްފި

ސްރީ ލަންކާގައި މަގުބޫލު ބައެއް ލަފުޒުތައް އޮކްސްފޯޑް އިނގިރޭސި ޑިކްޝަނަރީ (އޯއީޑީ) އަށް ރަސްމީކޮށް އިތުރުކޮށްފިއެވެ.

އެ ލަފުޒުތައް އިތުރުކޮށްފައި ވަނީ މިދިޔަ ޖޫން މަހު ނެރުނު އަޕްޑޭޓްގައެވެ.

އަލަށް އިތުރުކުރި ލަފުޒުތަކުގެ ތެރޭގައި ލަންކާގެ ދަނޑުވެރިކަމާއި ބިމާ ޒަމާނުއްސުރެ ގުޅިފައިވާ ލަފުޒެއް ކަމަށްވާ 'އަސްވެދުމައިޒް' ހިމެނެއެވެ. ފުރަތަމަ 1857 ވަނަ އަހަރު އުފެއްދި އެ ލަފުޒު، އޯއީޑީއަށް އިތުރުކޮށްފައި ވަނީ އިލްމުވެރިންނާއި ތާރީޚް ލިޔުންތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ލަންކާގެ ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވެއެވެ.

'އަސްވެދުމިޒޭ' ގެ އިތުރުން ލަންކާގެ މަގުބޫލު ބައެއް ކެއުންތަކަށް ކިޔާ ނަންތަކާ ސަގާފީ އިބާރާތްތައް ވެސް ވަނީ ބަސްފޮތުން ޖާގަ ހޯދާފައެވެ. އޭގެ ތެރޭގައި ކޮށާފައި ހުންނަ ރޮށިން ހަދާ މަޝްހޫރު 'ކޮއްޓު ރޮޓި' އާއި ކާށި ބޭނުންކޮށްގެން ހަދާ ފޮނިކާއެއްޗެއް ކަމަށްވާ 'ވަޓައްލަޕަމް" ވެސް ހިމެނެއެވެ.

ބަސްފޮތަށް އިތުރުކޮށްފައިވާ އެހެން ލަފުޒުތަކުގެ ތެރޭގައި 'މެލަމް' (ފަތް ގިނަ ތަރުކާރީ ކެއުމެއް)، 'ކިރިބަތު' (ކިރު ބަތް)، 'އަވޫރޫޑޫ' (ސިންހަލާ އަދި ތަމަޅަ އާ އަހަރު)، 'ބައިލާ' (ދިރިއުޅުން އުފާވެރި މިއުޒިކް ޖޯންރާއެއް)، އަދި 'ޕަޕަރޭ' (އާންމު ޖަލްސާތަކާއި ކުޅިވަރު ހަރަކާތްތަކުގައި މަޝްހޫރު ބްރާސް ބޭންޑް މިއުޒިކް) ހިމެނެއެވެ.

އޯއީޑީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންލައިން ވާޝަނަށް އާ ލަފުޒުތަކާއި އިބާރާތްތައް އިތުރު ކުރެއެވެ.

އާ ލަފުޒެއް އިތުރުކުރަނީ އެ ލަފުޒެއްގެ ބޭނުން ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައެވެ. އޯއީޑީއަކީ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޕަބްލިޝިން ހައުސްއެއް ކަމަށްވާ އޮކްސްފޯޑް ޔުނިވާސިޓީ ޕްރެސް (އޯޔޫޕީ) އިން ޝާއިއުކޮށްފައިވާ އިނގިރޭސި ބަހުގެ ތާރީޚީ ބަސްފޮތެވެ.

އޯއިޑީގެ ފުރަތަމަ އެޑިޝަން ޝާއިއުކުރި 1884ވަނަ އަހަރެވެ.

comment ކޮމެންޓް